އާސެނަލް އާއި ޗެލްސީގެ މިއަހަރުގެ ފުރަތަމަ ކުރިމަތިލުން މިރޭ
ލިޔުނީ: މިހާސް
އިންގްލިޝް ޕްރެމިއަރ ލީގުގެ މަޝްޙޫރު ދެޓީމް ކަމުގައިވާ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި މުބަރާތުގައި އެންމެ ހިތްގައިމު ކުޅުމެއް ދައްކާކަމަށް ގިނަބަޔަކު ޤަބޫލްކުރާ ޒުވާންކުޅުންތެރިންގެ އާސެނަލްގެ ކުރިމަތި ލުމެއް މިރޭ އޮންނާނެއެވެ.
މިރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް ޗެލްސީ ނިކުންނައިރު ޗެލްސީގެ އިޓަލީ ކޯޗް ކާލޯ އަންޗެލޮޓީގެ ބައްޕަ ނިޔާވުމުގެ ހިޔަނި އެޅިފައިވީނަމަވެސް އެޓީމްގެ މުޙިއްމު ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާއަށް ކުޅެވޭނެއެވެ.
މި ދެޓީމް މިރޭ ބައްދަލްކުރާއިރު ލީގުގައި މި ދެޓީމް އެންމެފަހުން ކުޅުނު މެޗުން ދެޓީމްވެސް ވަނީ ބަލިވެފައެވެ. އާސެނަލް އާދައިގެ ޓީމެއްކަމަށްވާ ސަންޑަލެންޑް އަތުން ބަލިވެފައިވާއިރު ޗެލްސީވަނީ މަޝްޙޫރު މެންޗެސްޓަރ ސިޓީ އަތުން ބަލިވެފައެވެ. މިހެންކަމުން މިރޭގެ މެޗް ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ