އާ ކަންތައްތަކެއް ފެނިގެން ދާނެކަމަށް އުއްމީދުކުރެވޭ އަހަރެއް
ލިޔުނީ: މިހާސް
މި އަންނަ މަހުގެ 20 ވަނަ ދުވަހު " ލިޔެސް " ޖަމްޢިއްޔާ އިން އިސްނަންގައިގެން ރާވާ އިންތިޒާމްކޮށް ބޭއްވުމަށް ތައްޔާރުވަމުން އަންނަ މިއަހަރުގެ " ހޮލިޑޭ ކަޕް " ފުޓްބޯޅަ މުބާރާތް ވެގެން ދާނީ ވަރަށް ގިނަ އާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ މުބާރާތެއް ކަމަށް ބެލެވެއެވެ.
މިއަދުވެސް ބައެއްޓީމްތަކުގެ އިސްކުޅުންތެރިން ކުލަބު ބަދަލްކުރުމުގެ މަގުމަތީގައި ތިބި އިރު އަނެއްބައި ކުޅުންތެރިން ތިބީ ޓީމަށް އަލަށްގެންނަ މޮޅަތި ކުޅުންތެރިންގެ އަތުގައި ހިފައިގެން ޓްރާންސްފާރ ޤަވާޢިދު ނިމި ފާސްކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަދި ހަމަ އެހެންމެ ބައެއްޓީމްތަކުން އަގުބޮޑަތި ޖާރޒީތައް ހޯދަމުންދާއިރު ކުޅުންތެރިން އަންނަނީ އެކުޅުންތެރިންގެ ފަޔަށްހެޔޮވަރު ކުޅެލަން ފަސޭހަ އަގުބޮޑު ބޫޓްތައް ހޯދަމުންނެވެ.
2008 ގައި " ލިޔެސް " އިން ރާވާ ހިންގި " ލިޔެސް ހޮލިޑޭ ކަޕް " ފުޓްބޯޅަ މުބާރާތް ނިމިގެން ދިޔަ ގޮތައް ބަލާއިރު މިއަހަރުގެ " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުން ފުޓްބޯޅައިގެ ފޯރިއާއި ޖޯޝް ، ކުޅުންތެރިންގެ ހުނަރާއި ބުންވަރު ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށް ޤަބޫލްކުރެވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ