الأحد، 3 أكتوبر 2010

ޓްރާންސްފާރ ޤަވާޢިދު ވީހާއަވަހަކަށް ފާސްކުރަނީ - މެއްޑޯ

ލިޔުނީ: މިހާސް














ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިންނާއި އަދި ފުޓްބޯޅައަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުގެ އުއްމީދާއި ގުޅިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑެކަޕް " ގެ ޓްރާންފާރ ޤަވާޢިދު ފާސްކުރުން ވަރަށް އަވަހަށް ބާއްވަވާނެ ކަމުގައި މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވެލައްވާ " ލިޔެސް " ގެ ހިންގުންތެރި ނައިބް ރައީސް އަލްފާޟިލް ސަލީމް ޙުސެއިން ( މެއްޑޯ ) ހާމަ ކުރައްވައިފިއެވެ. " ލަންދޫ އިންފޯ " އަށް މެއްޑޯ ދެއްވި ޙާއްޞަ ބަސްދީ ގަތުމެއްގައި ހާމަކުރެއްވި ގޮތުގައި ޓްރާންސްފާރ ޤަވާޢިދު ފާސްކުރުމަށްޓަކައި އާއްމު މެމްބަރުންގެ ބައްދަލް ވުމެއް މިހާރު ނުބޭއްވިގެން އުޅެނީ މިދުވަސްކޮޅު މޫސުން ތަން ނުދޭތީއެވެ. " މޫސުން ތަންދޭ ނަމަ އިރާދަ ކުރެއްވިއްޔާ މިރޭވެސް ޖަލްސާ ބޭއްވޭތޯ ބަލާނަށް " އިތުރަށް މަޢުލޫމާތު ދެއްވަމުން މެއްޑޯ ހާމަކުރެއްވިއެވެ.
ލަންދޫގެ ތާރީޙްގައި މިޙާތަނަށްއެންމެބޮޑު ސްޕޮންސަރ އަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތް ފެށުމަށް 47 ދުވަހަށް ވެފައިވާ އިރު މި މުބާރަތުގައި ކުޅެންބޭނުންވާ ގިނަ ކުޅުންތެރިންތަކެއް ތިބީ މުބާރާތުގެ ޓްރާންސްފާ ޤަވާއިދާއި އަދި މުބާރަތުގައި ބޭނުންކުރާނެ ލޯގޯ އެއްގެ އިންތިޒާރުގައެވެ.
މުބާރާތުގެ ނަމާއި ލޯގޯގެ ވާހަކަ ދައްކާއިރު މުބާރާތުގެ ނަމަށް ބަދަލެއް އައުމުގެ ވާހަކައެއްވެސް މިހާރުވަނީ ފެންމަތި ވެފައެވެ. މިހެންކަމާއި އެކު މިހާރު ދޫތަކަށް ކިޔާލަން ފަސޭހަ ވެފައިވާ " އާރު އެލް.ބީ ލިޔެސް ހޮލިޑޭކަޕް " އެހެން ގޮތަކަށް ބަދަލްވެގެން ދިއުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.
މި އަންނަ މަހުގެ 20 ވަނަ ދުވަހު ( 20 ނޮވެމްބަރ 2010 ) ގައި ފެށުމަށް ނިންމާފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ސްޕޮންސާރ ކޮށްފައިވާ ފަރާތްތަކުން ސްޕޮންސާރގެ ކަންތައް ނިންމުމަށް ތައްޔާރުވަމުންދާއިރު މުބާރާތުގެ ޤަވާޢިދާއި ލޯގޯ ފާސްކުރެވި ދުރާލާ ޢާއްމު ކުރެވިއްޖެނަމަ މިކަންވެގެންދާނީ މުސްތަޤްބަލްގައި މިފަދަ މުބާރާތްތައް ބޭއްވުމަށް ކޮށިގެންދާ އަލި ރާސްތާ މަގަކަށެވެރ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް