السبت، 2 أكتوبر 2010

ޒުވާނުންނަށްވުރެ ކުޑަކުދިންގެ ފޯރި މާގަދަ

ލިޔުނީ: މިހާސް














މިދުވަސް ކޮޅަކީ ފުޓްބޯޅައިން ޒުވާނުންނަށްވުރެ ބޮޑަށް ކުޑަކުދިންގެ ފޯރި ލަންދޫގައި މާގަދަ ދުވަސްކޮޅެކެވެ. މިގޮތުން ކުޑަކުދިން އަމިއްލައަށް ޓީމްތައް ހަދައިގެން މުބާރާތްތަކާއި ލީގްތައް ބާއްވަމުން ދާއިރު ޒުވާނުންނަށް ގިނަފަހަރަށް ކުޅެންވެސް ދެވެނީ ހަވީރު 5:30 ހާއިރުއެވެ.
ކުޑަކުދިން ފަތިހު ތެދުވެ ހެނދުނާ މުބާރާތައް ކުޅެމުންދާއިރު ލަންދޫ ޒުވާނުން އެންމެފަހުން ފަތިހު ތެދުވެގެން މުބާރާތެއް ކުޅެފައިވާކަން އެގެނީ ވޭތުވެދިޔަ އަހަރު މާޅެންދޫގައި ބޭޢްވުނު އެސް.އެސް.ޖީ ކަޕް ފުޓްބޯޅަ މުބާރާތެވެ.
ކުޑަކުދިން އަމިއްލައަށް އެކުދިންގެ މުބާރާތްތަކުގެ ޓްރާންސްފާ ޤަވާއިދާއި މުބާރާތްތަކުގެ ޤަވާޢިދުތައް ހަދަމުން ދާޢިރު ލަންދޫ ޒުވާނުންގެ މެދުގައި ބޭއްވުމަށް " ލިޔެސް " އިން ރާވާ އިންތިޒާމް ކުރުމަށް ހަމަޖެހިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " ގެ ޤަވާއިދުތައް ވަނީ ނުހެދިއެވެ. މި މުބާރާތް ފެށެން 45 ވަރަކަށް ދުވަހަށް ގާތްވެފައިވީ ނަމަވެސް މެއެވެ.
މިދުވަސް ކޮޅު ދަނޑަށް ކުޅެންދާ ކުޅުންތެރިންގެ ތެރޭގައިވެސް އެންމެ ގިނައީ 18 އަހަރު ނުފުރޭ ކުޑަކުދިންކަން މިފުރުޞަތުގައި ފަހަގަ ކޮށްލަން ޖެހެއެވެ. މިއީ ލަންދޫ ޒުވާނުންމިއަދު ވިސްނާލަން ވެއްޖެ ކަމެއްކަމުގައި ދެކެމެވެ.


1 ޚިޔާލު:

غير معرف يقول...

އަދި މިހާރު ވަނީ އެ ޓީމް ތަށް އަމިއްލަ އަށް ޖޯޒީ ބައި ގަންނަން ނިން މާފަ.މިހާރު ދަނީ ގަތުމަށްޓަކައި ލާރި އެށް ކުރަމުން.

2 أكتوبر 2010 في 10:54 م

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް