الخميس، 30 سبتمبر 2010

ބަދަލްކޮށްލަންވީ އާދައެއް

ލިޔުނީ: މިހާސް
ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި ފުޓްބޯޅައިން އަށަގެންފައިވާ އެއް އާދައަކީ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ހަވީރު 5:30 ގައި ކުޅެދިއުމުގެ އާދައާއި މަޣްރިބް ނަމާދުގެ ބަންގީގެ އަޑުއިވެންދެން ކުޅެން ތިބުމުގެ އާދައެވެ.
އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއާދަ ނުވަތަ މިޘަޤާފަތަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ފުހެލައި ބަދަލްކޮށްލަންވީ އާދައެކެވެ.
ފުޓްބޯޅަކުޅެންދާ ވަގުތު އަވަސްކޮށް މަޣްރިބް ނަމާދު ޖަމާޢަތުގައި ކުރެވޭވަރު ވަގުތު އޮތްވައި ނިންމާލުމަކީ މިއަދު އަޅުގަނޑުމެންގެ ފުޓްބޯޅަ ދަނޑަށް ތަޢާރަފް ވާންވެއްޖެ ކަމެކެވެ. މިއަދުވެސް މިކަން މި މަގުން ކުރާ ބައެއްފަރާތްތައް ތިބިކަން އުފަލާއި އެކު ފާހަގަކޮށްލަމެވެ.
މިއަދުވެސް 4:30 ގައި ބައިބަހައިގެން ކުޅެންފެށޭވަރަށް ކުދިންގޮސްފިނަމަ 5:45 ވާއިރަށް ނިންމާލައިފަ މަޣްރިބްނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތައް ދިއުމަކީ އެއްވެސް ދަތި އުދަގޫ ކަމަކަށް ނުވާނެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި އަދި އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ގޮތުގައި މިކަން މިމަގުން ކުރުމުން ފުޓްބޯޅަ ކުޅެންގޮސްގެން ލިބޭ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމާއި އުފާ އިޙްސާސް ކުރެވެއެވެ.
ވީމާ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފުޓްބޯޅައިން އަށަގެންފައިމިވާ ނާ ތަހްޒީބީ އާދަ ބަދަލްކޮށް ތަންކޮޅެއް ކުރިން ކުޅެންގޮސް އަވަހަށް ނިންމާލުމުގެ އާދަ އަށަގެންނެވުމަށް އަރަމުން އަންނަ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް އަޅުގަނޑު ގޮވާލަމެވެ.

1 ޚިޔާލު:

ލަންދޫ ހޮޅުއަށި يقول...

ވަރަށް ރަނގަޅު ލިޔުމެއް މިއީވެސް ކުރެވިދާނެ ކަމެއް ބޭނުމީ އެންމެ ގެ އެއްބާރުލުން

30 سبتمبر 2010 في 11:09 م

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް