ހޮލިޑޭކަޕަށް ދުރާލާ ތައްޔާރުވުމުގެ މުޙިއްމުކަން
ގިނަކުޅުންތެރިންތަކެއް ޓްރާންސްފާރ ޤަވާޢިދުގެ އިންތިޒާރުގައި
ލިޔުނީ: މިހާސް
ލަންދޫގެ ތާރީޙްގައި މިޙާތަނަށްއެންމެބޮޑު ސްޕޮންސަރ އަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ" އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތް ފެށުމަށް މަދު ދުވަސްކޮޅަކަށް ވީއެވެ. އަދި މި މުބާރާތުގައި ކުޅުމަށް ބޭނުންވާ ހުނަރުވެރި އެތައްކުޅުންތެރިންތަކެއް ޓްރާންސްފާރ ޤަވާޢިދުގެ އިންތިޒާރުގައި އެބަތިއްބެވެ. ނަމަވެސް އަދިވެސް ހޮލިޑޭކަޕަށް ތައްޔާރުވުމުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭތަނެއް ނުފެނެއެވެ.
ލަންދޫގެ ތާރީޚްގައި މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ މުބާރާތަށް " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ހެދުމަށް މަސައްކަތްކުރަމުން ދާއިރު، މި މުބާރާތުގައި ކުޅުންތެރިން އެއްޓީމުން އަނެއް ޓީމަށް ބަދަލްވެވޭނެ ގޮތުގެ ޤަވާޢިދެއްގެ ދެލިކޮޕީއެއް ވަނީ ތައްޔާރު ކުރެވިފައެވެ. ނަމަވެސް، މި ޤަވާޢިދު މިހާތަނަށް ލިޔެވި ފާސްކުރެވިފައި ނުވެއެވެ. ދެންއޮތީ މެމްބަރުންނަށް ހުށައަޅައިގެން އެޤަވާޢިދު ފާސްކޮށް ޢާއްމު ކުރުމެވެ.
އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް ގެ ޤަވާޢިދު އަލުން އެކުލަވާލުމަށްބޭއްވުނު ބައްދަލުވުމުގައި މިބައްދަލްވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، " ލިޔެސް " ޖަމްޢިއްޔާގެ އެއް ނައިބްރައީސް، އަދި ޤަވާޢިދު އެކުލަވަލުމަށް އެކަަށަ އަޅާލެވުނުކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ސަލީމް ޙުސެއިން ( މެއްޑޯ ) ހާމަކުރައްވާފައި ވަނީ، މި މުބަރާތަކީ ސްޕޮންސަރުންގެ އެހީތެރި ކަމާއިއެކު ބޭއްވޭ މުބާރާތަކަށް ވާތީ މުބާރާތުގެ ސްޕޮންސަރުން އެދޭފެންވަރަށް އެފަރާތްތަކުން އެދޭކަންތައްތައް ފުރިހަމަ ކޮށްދެވޭނެ ކަމުގައެވެ. ނަމަވެސް އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ކާމިޔާބުކަމާއިއެކު، ސްޕޮންސަރުންވެސް ރުހޭ ފަދައަކުން މުބާރާތް ކުރިއަށް ގެންދެވޭނީ ދުރާލާ މުބާރާތުގެ ޓްރާންސްފާ ޤަވާޢިދު ފާސްކުރެވި، އަދި މުބާރާތުގެ ލޯގޯވެސް ތައްޔާރު ކުރެވި ޢާއްމު ކުރެވިގެންނެވެ. އަދި ހޮލިޑޭކަޕް އަސްލުފެންވަރުގައި ، ސްޕޮންސަރުން ހިތްއެދޭގޮތައް ބޭއްވޭނީ މި މުބާރާތައް ދުރާލާ ތައްޔާރުވެގެންކަމަށް ގިނަކުޅުންތެރިން ވެސް ޤަބޫލްކުރެއެވެ.
މުބާރާތުގައި ވަދަކުރާ ބައެއްޓީމްތަކުން ބޮޑު ޚަރަދުކޮށްގެން ކުޅުންތެރިން ހޯދުމަށް ވިސްނަމުންދާއިރު މިޓީމްތަކަށް މިކަންތައް ނުކުރެވި ވަނީީ މުބާރާތުގެ ޓްރާންސްފާރ ޤަވާޢިދެއް ނެތުމުގެ ސަބަބުންނެވެ. ހަމަ މިޔާއިއެކު، ކުރިއާއި ލައި " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯލަ މުބާރާތް ޕްރޮމޯޓް ނުކުރެވިގެން އުޅެނީ މުބާރާތުގައި ބޭނުންކުރާނެ ވަކި ލޯގޯއެއް ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން ލަންދޫގެ އެންމެ ކާމިޔާބު މުބާރާތް އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ދުރާލައި މުބާރާތުގެ މުޙިއްމު ކަންކަން ހަމަޖައްސަމުން ގެންދިއުމާއި، ވަގުތު އޮއްވައި އިންތިޒާމްތައް ހަމަޖެއްސުމަކީ މުޙިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ވަގުތު ކުޑަތަންވުމުން ތެޅިފޮޅިގަނެގެން ކަންކަން ކުރަން ހަދައިގެން، ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް ނުކުރެވި، މުބާރާތުގެ ފޯރީދަށްވެ، އިންތިޒާމް ފޫވެއްޓުމަކީ ވަރަށް ގާތުގައިވާ ކަމެއްކަންވެސް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށް މިފުރުޞަތުގައި ހަނދާންކޮށްދެމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ