އެއްވެސް ބައެއްގެއަތުން ބަލިނުވެ ލީގު ޗެމްޕިއަންކަން ވީބީ އިން ހޯދައިފި
ލިޔުނީ: މިހާސް
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިންތަކެއް ހިމެނޭ ވީބީ ސްޕޯރޓްސް ކުލަބުން ހޯދައިފިއެވެ.
މިއީ ދިވެހި ލީގްގެ ތާރީހްގައި ލީގުގެ އެއްވެސް މެޗަކުންބަލިނުވެ ލީގުގެ އަންޑަނަ އުފުލާލި ދެވަނަ ޓީމެވެ. އެންމެފުރަތަމަ އެއްވެސް މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ކުލަބު ވެލެންސިއާ އެވެ.
މިފަހަރުގެ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ވީބީ އިން ހޯދާފައިމިވަނީ 21 މެޗްކުޅެ އެއްވެސް މެޗަކުން ބަލިނުވެ 53 ޕޮއިންޓް ހޯދައިގެންނެވެ. މި ލީގުގެ ދެވަނާގައި އުޅެނީ ރާއްޖޭގެ ތާރީޙްގައި ފުޓްބޯޅައިން އެންމެގިނަ ތަށި ހޯދާފައިވާ ވިކްޓްރީ ސްޕޯރޓްސް ކުލަބެވެ. ލީގުގެ ތިންވަނަ ހޯދާފައިވަނީ ވޭތުވެދިޔަ އަހަރުގެ ވަތަނިޔާ ދިވެހި ލީގުގެވެސް ތިންވަނަ ޓިމްކަމުގައިވާ މަޒިޔާ ސްޕޯރޓްސް ކުލަބެވެ. ލީގުގެ ހަތަރުވަނަ ލިބެނީ ސަޕޯރޓަރުން އެންމެގިނަ ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބަށެވެ.
ރޭގައި ނިމުނު ދިރާގު ދިވެހި ލީގުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ވިކްޓްރީ ސްޕޯރޓްސް ކުލަބުގެ މަޝްޙޫރު ކުޅުންތެރިޔާ އިބްރާޙިމް ފަޒީލް ( އޮއްޕު ) އެވެ. އެންމެ މޮޅުގޯލްކީޕަރަކަށް ހޮވުނީ ޤައުމީ ޓީމްގެވެސް ހުނަރުވެރި ގޯލްކީޕަރ ވީބީގެ އިމްރާން މުޙައްމަދެވެ. ލީގުގެ ފެއަރ ޕްލޭ ޓީމަކީ ވިކްޓްރީ ސްޕޯރޓްސް ކުލަބެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ