السبت، 25 سبتمبر 2010

ހަނދާނާއި ތާރީޙަށް އެމް.އެން.ޑީ.އެފް ގެ ހުރަވީ މަނަވަރާއި އެކު ކުޅެވުނު މެޗް

ލިޔުނީ : މިހާސް
 



މިއަހަރުގެ ތެރޭގައި ލަންދޫގެ ޒުވާނުން ކުޅުނު އެކުވެރި ކަމުގެ 12 ވަނަ މެޗު ގައި 24 ސެޕްޓެމްބަރ 2010 ވީ ހުކުރުދުވަހު ދުވަހުގެ ހަވީރު އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޓީމަކާއި ބައްދަލްކޮށް 5 ލަނޑު 2 ލަނޑުން ލަންދޫ ޓީމް މޮޅުވެއްޖެއެވެ.

ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ " ލިޔެސް " ގެ ނަމުގައި ލަންދޫ ޒުވާނުން ކުޅުނު މިމެޗުގެ ރެފްރީކަން ކޮށްދެއްވާފައި ވަނީ ކ.މާލެ ރީދޫމާގޭ އަލްފާޟިލް މުޙައްމަދު ވަސީމް ( ވައްސޭ ) އެވެ. މި މެޗުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ހުނދުވެލި އަހްމަދު ސައްމޫން އާއި އިރުފުށި ދޯނީގައި މަސައްކަތް ކުރަމުންގެންދާ ސިވާ އެވެ.
ލަންދޫގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި ލަންދޫއަށް ޒިޔާރަތް ކުރި އެމް.އެން.ޑީ.އެފް " ހުރަވީ މަނަވަރު " ގައި މަސައްކަތް ކުރައްވާ ޒުވާން ކުދިންކޮޅާއި އެކު ކުޅެވުނު މިއެކުވެރި ކަމުގެ މެޗްގެ ކެޕްޓަން ކަމުގެ ޒިންމާ އުފުލާފައިވަނީ ޝިނާން ޢަބުދުލް ޤަނީ ( ޝިންނޭ ) އެވެ. ސިންނޭ ބަދަލްކުރުމުން ކެޕްޓަންކަން ކޮށްފައިވަނީ މުޙައްމަދު އިރުޝާދު ( ރެޑޭ ) އެވެ.
މި މެޗްގައި ލަންދޫ ޓީމަށް ލަނޑުޖަހައިދީފައިވަނީ މެޗްގެ ފުރަތަމަހާފްގެ 28 ވަނަ މިނިޓްގައި ހުސެން ޖަވާދު ( ޖަވާ ) އެއްލަނޑު ، ފުރަތަމަ ހާފްގެ 43 ވަނަ މިނިޓްގައި އަޙްމަދު އިނާޒް ( އަޕީ ) އެއް ލަނޑު ، ދެވަނަ ހާފްގެ 2 ވަނަ މިނިޓްގައި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެއްލަނޑު، ފަހުހާފްގެ 28 ވަނަ މިނިޓްގައި އަޙްމަދު އިނާޒް ( އަޕީ ) އެއް ލަނޑު ، އަދި މެޗްގެ ފަހުހާފްގެ 38 ވަނަ މިނިޓްގައި މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެއް ލަނޑެވެ.
މިމެޗްގައި ލަންދޫ ޓީމަށް ލަނޑުޖަހާނެ ވަރަށް ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކޮށްލަމެވެ. ޚާއްޞަކޮށް ސަމައްޓޭ އަށާއި ޖަވާ އަށް ލިބުނު ހުސްފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ މަޖުދުﷲ ޢަބުދުއްރައްޒާޤް (މަޖޫ ) އެވެ. އަދި އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވަނީ އިބްރާޙިމް ސަޢުދު އާއި އަޙްމަދު ޝަކީލް އެވެ.
މި މެޗުގައި ދެޓީމުންކުރެ އެއްޓީމަކަށްވެސް މާމޮޅުކުޅުމެއް ކުޅެވިފައެއް ނުވެއެވެ. ދެޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަނދުކުލުމެކެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް