ޖަވާގެ ކުލަބު ހަމަ ބަދަލްކުރާނެބާ !!؟
ލިޔުނީ: މިހާސް
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާކަމުގައިވާ ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން 2008 ވަނަ އަހަރު އިންތިޒާމްކޮށް ކާމިޔާބުކަމާއި އެކު ބޭއްވި " ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އެފް. ސީ އޮކާޗީގެ އެންމެ މުޙިއްމު އެއްކުޅުންތެރިޔާ ހުސެންޖަވާދު ( ޖަވާ ) އެޓީމް ދޫކޮށް އެހެންޓީމަކަށް ބަދަލް ވެދާނެބާވައެވެ.
" ލިޔެސް " އިން މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގައި ބޭނުންކުރާނެ ޓްރާންސްފާ ޤަވާޢިދެއް އަދި ހެދި ، ފާސްކުރެވިފައި ނުވާއިރު ކުޅުންތެރިން ޓްރާންސްފާ ވުމުގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ވާހަކަ އަކީ ޖަވާ އޭނާގެ މިހާރުގެ ކުލަބުކަމުގައިވާ " އެފް.ސީ އޮކާޗީ " ދޫކޮށްލުމަށްފަހު " ކުލަބް ޗެލެންޖާރސް" އަށް ބަދަލްވާން އުޅޭކަމުގެ ވާހަކައެވެ.
މިވާހަކައާއި ގުޅިގެން ކަމުގެ ޙަޤީގަތް އޮޅުން ފިލުވާލުމަށް ޖަވާ އާއި ބައްދަލްކޮށް ވާހަކަ ދައްކާލުމުން ޖަވާ ބުނީ އޭނާ ކުލަބް ޗެލެންޖާރސް އަށް ބަދަލްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި އެންމެފަހުގެ ގޮތެއް ނިންމޭނީ އޭނާގެ މިހާރުގެ ކުލަބު އެފް.ސީ އޮކާޗީ އަށް ކަމުގައިވެސް ޖަވާ ހާމަކުރެއްވިއެވެ.
ޖަވާ ގެންދިއުމަށް މަސައްކަތްކުރާ " މުއްސަދި " ކުލަބު ޗެލެންޖާރސް އިން މިކަމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ހަސަން ސައިފް ( ސައިޕޭ ) ހާމަކުރެއްވި ގޮތުގައި އެކުލަބުންވަނީ ޖަވާ އެކުލަބަށް ގެނައުމަށް ނިންމާފައެވެ. ވަރަށް މުޢުތަބަރު ގޮަތަކަށް މި ބްލޮގަށް އެގިފައިވާ ގޮތުގައި ޖަވާ ގެންދިއުމަށްޓަކައި ކުލަބް ޗެލެންޖާރސް އިން -/4000 ( ހަތަރުހާސް ) ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައި ވެއެވެ. މި އަގުގައި ޖަވާ އެފް.ސީ އޮކާޗީ އިން ކުލަބް ޗެލެންޖާރސް އަށް ބަދަލްވެއްޖެކަމަށް ވާނަމަ މިކަންވެގެންދާނީ ލަންދޫގެ ރެކޯރޑަކަށެވެ. ހަމަ އެހެންމެ ފުޓްބޯޅައިގެ ފުޓްބޯޅައިގެ މުޅިން އާ ބާބެއްގެ ފެށުމަކަށްވެސް މެއެވެ.
" ލަންދޫ ސޮކަރ " އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުލަބް ޗެލެންޖާރސް އިން އަންނަނީ މިއަހަރުގެ " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " އަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން މިހާރު އެޓީމުންވަނީ އަށެއްކަ ހާސް ރުފިޔާގެ އަގުހުރި ޖާރޒީބައެއް ގަތުމަށް ތައްޔާރުވެފައެވެ.
މީގެ އިތުރުން ޓީމް ވަރުގަދަ ކުރުމަށްޓަކައި އިތުރު ކުޅުންތެރިން ހޯދުމަށްވެސް މިޓީމުން އަންނަނީ ތަފާތު މަސައްކަތް ތަކެއް ކުރަމުންނެވެ.
އެންމެފަހުގެ " ލިޔެސް ހޮލިޑޭކަޕް " ގެ ޗެމްޕިއަންކަން އެފް.ސީ އޮކާޗީ ހޯދާފައިވަނީ ކުލަބު ޗެލެންޖާރސް އާއި ބައްދަލްކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ