ގޯލް ޖެހުމުގެ ހުނަރު ވަރަށްބޮޑުތަން ދަށްވެއްޖެ
ލިޔުނީ: މިހާސް
ލަންދޫ ސީނިއަރ ޓީމްގައި ހިމެނޭ ގޯލާއި ރައްޓެހި ލަނޑު ޖެހުމަށް މަޝްޙޫރު ކުޅުންތެރިން ކަމަށްވާ 2008 " ލިޔެސް ހޮލިޑޭ ކަޕް " ގެ އެންމެ މޮޅުކުޅުންތެރިޔާ ހުސެން ޖަވާދު ( ޖަވާ ) އާއި 2009 ގައިމާޅެންދޫގައި ބޭއްވުނު އެސް.އެސް.ޖީ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) ގެ ލަނޑު ޖެހުމުގެ ހުނަރު މިފަހަކަށް އައިސް ވަރަށްބޮޑުތަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.
މިކަން އެންމެބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ އެންމެފަހުން ލަންދޫ ޒުވާނުން އެމް.އެން.ޑީ އެފް ކޯސްޓަގާރޑްގެ ޓީމާއި އެކު ކުޅެވުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުންނެވެ.
އެމެޗްގައި މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ޖަހާފައިވީނަމަވެސް އެމެޗުގައި މިއިން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހަދާލާވަރަށް ލަނޑުޖަހާނެ ފުރުޞަތު ލިބިގެން ގޮސްފައި ވެއެވެ.
މިއަހަރު މިހާތަނަށް ކުޅެވުނު ގިނަ މެޗްތަކަށް ބަލާއިރު ސަމައްޓޭ އަށްވުރެ ބޮޑަށް ޖަވާއަށް ގޯލަށް ބޯޅަ ނިންމާލުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް ގިނަ ސަޕޯރޓަރުން ކަންބޮޑުވުމާއި އެކު ފާހަގަ ކުރަމުން ގެންދައެވެ.
މިއަހަރުގެ މިހާތަނަށް ލަންދޫ ޒުވާނުން އެކުވެރިކަމުގެ 12 މެޗް ކުޅެފައިވާ އިރު ޖަވާ އަށް ޖެހިފައިވަނީ ޖުމުލަ 4 ގޯލެވެ. ނަމަވެސް މި 4 މެޗުގައި ޖަވާއަށް ލަނޑު ޖެހުމަށް ލިބިފައިވާ ފުރުޞަތު ތަކަށް ބަލާއިރު މިއަދަދު 5 ގުނައަށް ބަދަލްކޮށްލެވޭހާ ވެސް ޗާންސް ލިބި ބޭކާރުވެގެން ގޮސްފައި ވެއެވެ.
މިއަހަރު ލަނޑުޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އިތުރު ކުޅުންތެރިންނަށް ބަލާއިރު ދަނޑުމަތީގައި ވަނަމަކަށް " ގ. މެސީ " ގެ ނަމުން މަޝްޙޫރުވެފައިވާ މުޙައްމަދު އިރުޝާދު އާއި ދަނޑުމަތީގައި ހިތްގައިމުގޮތަކަށް ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދެމިގަތުމުގެ ހުނަރު ލިބިފައިވާ ޝިނާން ޢަބުދުލް ޤަނީ ( ސިންނޭ ) ފާހަގަ ކޮށްލެވެއެވެ.
ކުރިމަގުގައި މިކުޅުންތެރިންގެ ލަނޑު ޖެހުމުގެ ހުނަރު ރަނގަޅުކޮށްލައިފިނަމަ ލަންދޫ ޓީމުން ޖަހާ ލަނޑުގެ އަދަދު އެތައްތަނެއް އިތުރުވެގެން ދަނެކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ