ބޮޑަތި ޓީމްތަކަށް ނާކާމިޔާބު ހަފްތާއެއް
ލިޔުނީ: މިހާސް
މިހަފްތާބަންދުގައި ދުނިޔޭގެ ލީގްތަކުގެ މަޝްޙޫރު ޓީމްތައް ކުޅުނު މެޗްތައް ނިމިގެން ގޮސްފައިވަނީ ގިނަ ޓީމްތައް ބަލިވެ ނުވަތަ އެއްވަރު ވެގެންނެވެ.
މިގޮތުން އިގިރޭސިވިލާތުގެ ޗެމްޕިއަން ޗެލްސީ މިއަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެފައިވަނީ ހޮނިހިރުދުވަހު ކުޅުނު މެޗުންނެވެ. މި މެޗުން ޗެލްސީ ބަލިވެފައިވަނީ މުއްސަދި މެންޗެސްޓަރ ސިޓީ އާއި ބައްދަލްކޮށް 1 ލަނޑު 0 ލަނޑުންނެވެ. މި ލީގުގައި މިހަފްތާގައި އެންމެ ބޮޑު ސިހުމެއް ލިބިގެންދިޔައީ ލީގުގައި އެންމެ ރީތި ކުޅުމެއް ދައްކަމުން އަންނަ އާސެނަލް ލީގުގެ އާދައިގެ ޓީމެއް ކަމަށްވާ ވެސްޓްބްރޮމޮވިޗް އަލްބިއޯން އަތުން 3 ލަނޑު 2 ލަނޑުން ބަލިވި ބަލިވުމެވެ. މިހަފްތާގައި އިންގްލިސް ޕްރެމިއަރ ލީގުން ބަލިނުވެ ސަލާމަތްވި މަޝްޙޫރު ޓީމަކީ މަޝްޙޫރު މެން ޔޫ އެވެ. މެންޔޫ ވަނީ މައިކަލް އޯވަންގެ 200 ވަނަ ލަނޑާއި އެކު ބޯލްޓަން 2 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ.
އިޓާލިއަން ލީގުގައި ޗެމްޕިއަން އިންޓަރ މިލާންވަނީ ރޯމާއަތުން ބަލިވެފައެވެ. ހަމަ އެހެންމެ ސްޕޭންގެ ލީގުން މިއަހަރުއެންމެ ވަރުގަދަ ވާނެކަމަށް ޤަބޫލްކުރާ ރިއަލް މެޑްރިޑްވަނީ މިހަފްތާގައި އެޓީމް ކުޅުނު މެޗުންވެސް އެއްވަރުވެފައެވެ.
މިހެންކަމާއި އެކު މިހަފްތާގައި ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ދުނިޔޭގެ ބޮޑަތި ޓީމްތައް ނިކުންނަ އިރު މިހަފްތާގައި އެޓީމްތަކުގެ ލީގުތަކުގައި ކުޅުނު މެޗްތަކުގެ ހިޔަނި އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ