އެމް.އެން.ޑީ.އެފް ގެ ޓީމަކާއި އެކު އެކުވެރިކަމުގެ ފުޓްބޯޅަމެޗެއް ކުޅެނީ
ލިޔުނީ: މިހާސް
މިހާރު ލަންދޫ އަށް ޒިޔާރަތްކޮށްގެންއުޅޭ އެމް.އެން.ޑީ.އެފް ގެ ބޭފުޅުންނާއި އެކު ލަންދޫ ޒުވާނުން މިއަދު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މި މެޗް ރާވާ އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރި ވެލައްވާ " ލިޔެސް " ޖަމްޢިއްޔާގެ މިދައުރުގެ އެއްނައިބް ރައީސް އަދި މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ ) މަޢުލޫމާތު ދެއްވައެވެ.
މި މެޗަކީ މިއަހަރު ލަންދޫ ޒުވާނުން ކުޅޭ އެކުވެރިކަމުގެ 12 ވަނަ މެޗެވެ. އަދި މިއީ ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ދިފާޢި ބާރުކަމުގައި ވާ އެމް.އެން.ޑީ.އެފްގެ ބޭފުޅުންނާއި އެކު ކުޅެވޭ މިފަދަ ފުރަތަމަ މެޗެވެ. މީގެ ކުރިން ދިވެހި ފުލުހުންގެ ޓީމްތަކާއި އެކުވަނީ ތަފާތު އެތައްފަހަރަކު ބައްދަލް ކުރެވިފައެވެ.
މި މެޗަކީ އެމް.އެން.ޑީ.އެފްގެ މިދަތުރުގައި ބައިވެރިވެލައްވާ ލަންދޫގެ ދަރިއެއްކަމުގައިވާ ނ . ލަންދޫ ރެޑްރޯސް އަލްފާޟިލް އަޙްމަދު ޢަބުދުލް ކަރީމް އާއި ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " އާއި ގުޅިގެން އިންތިޒާމް ކުރެވިފައިވާ މެޗެއްކަމުގައި ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤް މަޢުލޫމާތު ދެއްވައެވެ.
މި މެޗުކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ