ދުނިޔޭގެ އެއްނަމްބަރ ކުޅުންތެރިޔާ 2 ހަފްތާއަށް ކުޅުމާދުރަށް
ލިޔުނީ : މިހާސް
ދުނިޔޭގައި މިވަގުތުހުރި އެންމެމޮޅު ކުޅުންތެރިޔާކަމަށްވާ އާޖެންޓީނާގެ މަޝްޙޫރު ހުނަރުވެރި ކުޅުންތެރިޔާ ލިއޮނެލް މެސީ އަށް އަނިޔާވެ ދެހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
މެސީއަށް އަނިޔާވެފައިވަނީ އާދިއްތަ ދުވަހުރޭ އެޓްުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މިހެންވުމުގެ ސަބަބުން ކުރިއަށް މިއޮތް ދެހަފްތާގައި މެސީގެ ކުލަބް ބާސަލޯނާކުޅެންޖެހޭ ދެމެޗުގައި މެސީއަކަށް ނުކުޅެވޭނެއެވެ.
މިހެންކަމާއި އެކު މިކަންތައް ވެގެންދާނީ މެސީ އަށާއި މެސީގެ ކުލަބު އެފް.ސީ ބާސަލޯނާއަށް ލިބިގެންދާނެ ވަރަށްބޮޑު ހިތާމައަކަށެވެ.
މިއަހަރުގެ މިހާތަނަށް ކުޅެވުނު މެޗްތަކުގައިވެސް މެސީ ވަނީ ބާސަލޯނާއަށް ގޯލްތަކެއް ޖަހައި ދިނުމުގެ އިތުރަށް ވަރަށް ހުނަރުވެރި މޮޅުކުޅުމެއް ދައްކާފައެވެ.

1 ޚިޔާލު:
މިވަގުތު ދުނިޔެގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަކީ ފޯލަން... ހެހެހެހެހެހެ
23 سبتمبر 2010 في 11:33 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ