السبت، 18 سبتمبر 2010

ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން މިފަހަރުވެސް ވީބީ އިން ހޯދައިފި

ލިޔުނީ : މިހާސް
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެބޮޑު އަދި އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ ވީބީ އިން ހޯދައިފިއެވެ.
މިދިޔަ އަހަރުގެވެސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ވީބީ އިން މިފަހަރުގެ ލީގުގެ ޗެމްޕިއަންކަން ހޯދާފައިމިވަނީ ލީގުގައި ކުރިއަށް އެޓީމަށް ކުޅެން ދެމެޗް އޮތްވައެވެ.
ލީގުހޯދުމަށް ހަމަ އެންމެ ޕޮއިންޓެއް ހޯދުމަށް މާޒިޔާ އާއި ދެކޮޅަށް އިއްޔެ ގަލޮޅު ދަނޑުގައި ވީބީ ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 1 ލަނޑުންނެވެ. ލީގުގެ ޗެމްޕިއަންކަން ވީބީ އިން ހޯދިއިރު ވީބީ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ވީބީ އާއި އެންމެ ގާތުން 2 ވަނަ އަށް ވާދަކުރާ ވިކްޓްރީ ސްޕޯރޓްސް ކުލަބަށް 41 ޕޮއިންޓް ލިބިފައިވުމުން ކޮންމެ ޓީމަކަށް އިތުރު ދެމެޗު އޮތުމުންވެސް ދެމެޗުންވެސް ވީބީ އާއި އެއްވަރަށް ވިކްޓްރީއަށް ޕޮއިންޓް ލިބޭކަށް ނެތެވެ.
ލީގު ތާވަލްގެ ތިންވަނާގައި 35 ޕޮއިންޓާއި އެކު އޮތީ މަޝްޙޫރު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބެވެ. ލީގު ތާވަލްގެ 4 ގައި އޮތީ މާޒިޔާ ސްޕޯރޓްސް ކުލަބެވެ. ގަދަ ހަތަރަކުން ފުރުޞަތު ގެއްލިފައިވާ ކުލަބު ވެލެންސިޔާއަށް ލިބިފައިވަނީ 26 ޕޮއިންޓްއެވެ. ވިޔަންޒާ އޮތީ 16 ޕޮއިންޓާއި އެކުގައެވެ. ހަތްވަނާގައިވާ ތޮއްޑޫޓީމަށް ލިބިފައިވަނީ 9 ޕޮއިންޓެވެ. ލީގު ތާވަލްގެ ފުލްގައިވާ އޭވައި އެލް އަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.

ލީގުގެ ޗެމްޕިއަންކަން ވީބީ އިން ހޯދި އިރު މި ސީޒަންގައި މިހާތަނަށް އެންމެ ގިނަ ގޯލްވެސް ޖަހާފައިވަނީ ވީބީ ގެ ކުޅުންތެރިއެއްކަމަށްވާ ޤައުމީ ޓިމްގެ ކެޕްޓަން އަދި ވީބީ ގެވެސް ކެޕްޓަން އަލީ އަޝްފާޤް ( ދަނގަޑޭ ) އެވެ.
އެއްވެސް މެޗަކުން ބަލިނުވެ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ވީބީ އިން ހޯދީތީ މި ބްލޮގުގެ ފަރާތުން ވީބީ އަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

1 ޚިޔާލު:

غير معرف يقول...

landhoosoccer.blogspot.com maa gadha

22 سبتمبر 2010 في 3:54 م

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް