الأربعاء، 22 سبتمبر 2010

ފުރަތަމަ ފަހަރަށް ރަންބޫޓް ހޯދާނީ ކޮން ކުޅުންތެރިއެއްބާ ! ! ؟

ލިޔުނީ: މިހާސް

















ލަންދޫގައި މިއަހަރު މުޅިން އަލަން ހޮވުމަށް ހަމަޖެހިފައިވާ އަހަރުގެ އެންމެގިނަ ޖޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވޭނީ ކޮން ކުޅުންތެރިއެއް ބާވައެވެ.
ރަށުގައި ބޭއްވޭ ވާދަވެރި ފުޓްބޯޅަ މުބާރާތްތަކަށާއި ، ރަށުގެޓީމްތައް ބޭރުރަށް ރަށުގެ ޓީމްތަކާއި ބައްދަލްކުރާ މެޗްތަކުގައި ރަށުކުޅުންތެރިން ޖަހާލަނޑުތަކަށް ބަލައިގެން ހޮވުމަށް ހަމަޖެހިފައިވާ މި މަޤާމަށް މިއަދާއި ހިސާބަށް ވާދަކުރާ ދެކުޅުންތއެރިއަކު އެބަތިއްބެވެ.

















މި ދެކުޅުންތެރިންގެ ތެރެއިން އެއްކުޅުންތެރިއަކީ ލަންދޫގެ މަޝްޙޫރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް އަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ. އަނެއް ކުޅުންތެރިއަކީ އަރަމުން އަންނަ ޒުވާން ހުނަރުވެރި އުއްމީދީ ކުޅުންތެރިޔާ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ. މިދެކުޅުންތެރިންވެސް މިއަހަރުގެ މިހާތަނަށް 4 ލަނޑު ޖަހާފައިވެއެވެ.
މިލިސްޓްގެ ދެވަނާގައި 3 ލަނޑު ޖަހައިގެން އުޅެނީ ހުނަރުވެރި ދެފޯވާރޑުން ކަމަށް ވާ އަޙްމަދު ރަޝީދު ( ލައިބް ) އާއި ހުސެން ޖަވާދު ( ޖަވާ ) އެވެ.
މިއަހަރުގެ " އާރް. އެލް . ބީ ލިޔެސް ހޮލިޑޭކަޕް " ކުރިއަށް އޮތުމާއި އެކު މި މަޤާމަށް ކޮންމެ ކުޅުންތެރިއަކުވެސް އައުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް