ވަރުގަދަ ލީގުތަކުގައި ބޮޑަތި ޓީމްތަކުގެ ފެށުން ރަނގަޅުބާ !!!؟
ލިޔުނީ : މިހާސް
މި ސީޒަންގައި ދުނިޔޭގެ ބޮޑަތި ލީގުތަކުގައި ވާދަކުރަމުންގެންދާ ބޮޑަތި ޓީމްތަކުގެ ފެށުން ރަނގަޅު ބާވައެވެ
ދުނިޔޭގެ ބޮޑަތި ލީގުތައްކަމުގައި ބެލެވޭ އިންގްލިޝް ޕްރެމިއަރ ލީގުގައި މިހާތަނަށް ކޮންމެޓީމެއް ދެމެޗް ކުޅެފައިވާއިރު ދުނިޔޭގެ އެންމެ ގިނަ ސަޕޯރޓަރުންތިބި މެންޗެސްޓަރ ޔުނައިޓެޑްވަނީ އެއް މެޗުން މޮޅުވެ ދެވަނަ މެޗުން އެއްވަރު ވެފައެވެ. އިޓާރލިއަން ސީރިއާގެ އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާން ދެމެޗް ކުޅުނު އިރު އެއްމެޗުން މޮޅުވެ ދެވަނަމެޗުން ވަނީ ބަލިވެފައެވެ. ސްޕެނިސް ލަލީގައިގެ އެންމެފަހުގެ ޗެމްޕިއަން ބާސަލޯނާވެސް ދެމެޗު ކުޅުނު އިރު ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުންވަނީ ބަލިވެފައެވެ.
މިހެންކަމާއި އެކު މިފަހަރު ލީގުތަކުގައި އެންމެވަރުގަދަ ޓީމްތަކުގެ ފެށުން އެއްމެ ފުރިހަމައޭ ދެންނެވޭކަން ނެތެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ބަޔަކު ސަޕޯރޓްކުރަމުން ގެންދާ އިގިރޭސި ވިލާތުގެ ޗެލްސީ އާއި އާސެނަލްވަނީ މިދެޓީމް ލީގުގައި ކުޅުނު ފުރަތަމަ ދެމެޗު ކާމިޔާބު ކޮށްފައެވެ.
ފުޓްބޯޅައިގެ ތަޖުރިބާ ކާރުން ޤަބޫލްކުރައްވާ ގޮތުންނަމަ މިފަހަރު ބޮޑަތި ލީގުތަކުގެ ވާދަވެރިކަން އެތައްގުނައަކަށް އިތުވެ ލީގުތަކުގެ ފޯރި ގަދަ ވެގެންދާނެއެވެ.

1 ޚިޔާލު:
ey chelsea ge photo laa menu kada baeh
23 سبتمبر 2010 في 3:39 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ