ލޯގޯ އާއި ޓްރާންސްފާ ޤަވާޢިދު ފާސްކުރުން ލަސްވަނީ....
ލިޔުނީ: މިހާސް
ލަންދޫގެ ތާރީޙްގައި މިޙާތަނަށް އެންމެބޮޑު ސްޕޮންސަރ އަކާއިއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގެ ލޯގޯ އާއި ޓްރާންސްފާ ޤަވާޢިދު ފާސްކޮށް މިހާރުން މިހާރަށް ޢާއްމުކުރުމަކީ ވަރަށް މުޙިއްމު އަދި ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ރަށުގައި މިހާތަނަށް ބޭއްވުނު އެންމެ އިންތިޒާމް ރަނގަޅު އެއްފުޓްބޯޅަ މުބާރާތްކަމަށް ގިނަބަޔަކު ޤަބޫލްކުރާ 2008 ގެ " ލިޔެސް ހޮލިޑޭކަޕް " އިން ޢިބުރަތް ހާޞިލްކޮށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގެ ލޯގޯ ތައްޔާރުކުރެވި ފާސްކުރެވި، ޢާއްމުކުރެއްވިއްޖެނަމަ މި މުބާރާތް ޕްރޮމޯޓްކުރުމަށް ލިބިގެންދާ ވަރަށްބޮޑު ބާރަކަށް ވެގެންދާނެކަން ޔަޤީނެވެ.
މިއަދުވެސް ބައެއް ކުޅުންތެރިންނަށް އެއްޓީމުން އަނެއްޓީމަށް ބަދަލުނުވެވި، މިހާރު ރަޖިސްޓްރީވެފައިވާ ޓީމުން ވަކިނުވެވިފައިތިބީ މުބާރާތުގެ ޓްރާންސްފާ ޤަވާޢިދެއް ނެތުމުން ކަމަށްވާއިރު މިހިނދުން މިހިދަށް ވެސް " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގެ ޓްރާންސްފާ ޤަވާޢިދެއް ފާސްކޮށް އާއްމުކުރުމަކީ ކޮންމެހެންވެސް ކުރައްވަން ވެއްޖެކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
މުބާރާތެއް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވޭނީ ދުރާލަތައްޔާރުވެގެންކަން 2008 ގެ " ލިޔެސް ހޮލިޑޭކަޕް " އިން އަޅުގަނޑުމެންނަށްވަނީ ވަރަށް ރަނގަޅަށް އެގިގެން ގޮސްފައެވެ.
މިހެންކަމާއި އެކު މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީ މެމްބަރުންގެ ބިޒީ ޝެޑިޔުލްއިން ވަގުތުކޮޅެއް ހުސްކުރައްވައިގެން ނަމަވެސް " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގައި ބޭނުންކުރައްވާނެ ލޯގޯ އަކާއި އަދި މި މުބާރާތުގެ ޓްރާންސްފާ ޤަވާޢިދެއް ނިންމަވާ ޢާއްމުކުރެއްވުމަކީ މިހނދުން މިހިނދަށްވެސް ކުރައްވަން ވެއްޖެ މުޙިއްމު އަދި ބޭނުންތެރިަކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

1 ޚިޔާލު:
kuraga faas amillayah. eyoh kuree
17 سبتمبر 2010 في 5:32 صإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ