އަހަރުގެ ފުރަތަމަ ހެޓްރިކާއެކު ތިންެމެޗުން އެއްމެގިނަ ލަނޑުޖެހި އެއްކުޅުންތެރިއަކަށް ސަމައްޓޭ
ލިޔުނީ: މިހާސް
ލަންދޫގައި އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އޭނާމިއަހަރު ރަށުޓީމަށް ކުޅެދިން ތިންވަނަ މެޗުގައި ( މާފަރުގައި ތިބި ކުރިންބޯޅަކުޅެ މިހާރު ކުޅުންހުއްޓާލައިފަތިބި މާފަރުކުޅުންތެރިން ހިމެނޭ ޓީމާއި ދެކޮޅަށް ކުޅުނު މެޗް ) 3 ލަނޑުޖަހާ ރަށުން މިއަހަރު ފުރަތަމަ ހެޓްރިކްހެދި ކުޅުންތެރިއަކަށްވެ މިއަހަރު މިހާތަނަށް ރަށުޓީމަށް އެންމެގިނަ ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާ އަށްވެސް ވެއްޖެއެވެ.
މިދިޔައަހަރު މާޅެންދޫގައި ބޭއްވުނު އެސް.އެސް.ޖީ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ ސަމައްޓޭވަނީ މިއަހަރު ތަޢުލީމްހާސިލްކުރުމަށްޓަކައި މާލެދިއުމަށްފަހު ކޮންމެވެސް ކަމެއް ދިމާވެގެން ނިމިދިޔަ ރަމަޟާންމަހަށް ރަށަށް އައިސްފައެވެ.
މިހެންކަމާއި އެކު ރަށުގައި މިއަހަރު މިހާތަނަށް ކުޅެވުނު އެކުވެރިކަމުގެ މެޗްތަކުގެ ތެރެއިން ސަމައްޓޭގެ ކުޅުންފެނިފައިވަނީ ހަމަ އެންމެ ތިންމެޗުގައެވެ. މީގެ ތެރެއިންވެސް އެއްމެޗުގައި ސަމައްޓޭ ކުޅެފައިވަނީ ވަރަށް ކުޑަވަގުތުކޮޅެއްގައެވެ. އެއީ މިއަހަރު ކުޅެވުނު އެކުވެރިކަމުގެ 8 ވަނަ މެޗުގައި ކުނޑަފުނަފަރު ޓީމާއި ދެކޮޅަށެެވެ.
މިއަހަރު ސަމައްޓޭގެ އަސްލުކުޅުންފެނިގެންދިޔަ ފުރަތަމަ މެޗަކީ ޢީދުދުވަހު ކުނަޑަފަރިއާއި އެކު ކުޅެވުނު ތާރީޙީ ފޯރިގަދަ ފުޓްބޯޅަމެޗެވެ. މި މެޗު 2 ލަނޑު 2 ލަނޑުން އެއްވަރުވެގެން މެޗްނިމެން ދަނިކޮށް ހިތްގައިމު ގޮތަކަށް ބޮލުންޖަހާ މޮޅުގޯލެއް ކުނޑަފަރި ޓީމްކޮޅަށް ވައްދާލައި ލަންދޫ ޓީމް މޮޅުކޮށްދިނީ ސަމައްޓޭއެވެ.
މިއަހަރު ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިއެއްގެ ގޮތުގައި ސަމައްޓޭ ހިމެނިގެންދިޔައީ ވެސް މާފަރުގައި ކުޅެވުނު މެޗުގައި މާފަރުޓީމުން 3 ލަނޑުޖަހާ މާފަރު ޓީމުން ލީޑްނަގާފައިވަނިކޮށްނެވެ. މިހެންކަމުން ސަމައްޓޭ ފާހަގަ ކުރެވިފައިވަނީ މުހިއްމު ވަގުތުގައި ރަށުޓީމަށް މުޙިއްމު ގޯލްތަކެއްޖަހައިދޭ ޒުވާންހުނަރުވެރި ރަށުޓީމަށް މުޙިއްމު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ލަންދޫޓީމަށް މިއަހަރު މިހާތަނަށް 4 ލަނޑުޖަހައިދީގެން އެންމެގިނަ ގޯލްޖަހާފައިވާ ދެވަނަ ކުޅުންތެރިއަކީ މިއަހަރު މިހާތަނަށް ކުޅެވުނު ހުރިހާމެޗެއްގައިވެސް މޮޅުކުޅުމެއް ދައްކާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ ) އެވެ. މިލިސްޓްގެ ދެވަނާގައި 3 ލަނޑުޖަހައިގެން އުޅެނީ ހުނަރުވެރި ފޯވާރޑް ހުސެންޖަވާދު ( ޖަވާ ) އާއި ޓީމްގެ ކަނާތު އަރިމައްޗަށް ކުޅެމުންއަންނަ ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު ރަޝީދު ( ލައިބް ) އެވެ. މި ލިސްޓްގެ 3 ވަނާގައި 2 ލަނޑުޖަހައިގެން އުޅެނީ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އާއި ޢަބުދުﷲ އަކުރަމް ( އައްކު ) އާއި ޒަޙީން ހަސަން ( ޒަންޑަ ) އެވެ.
މިހާތަނަށް މިއަހަރު ލަންދޫޓީމްތައް އެކުވެރިކަމުގެ 12 މެޗް ކުޅެފައިވާއިރު ޒުވާނުންކުޅުނު 11 މެޗުގެތެރެއިން 6 މެޗުން މޮޅުވެ 4 މެޗުން ބަލިވެ 1 މެޗުން އެއްވަރުވެފައިވާއިރު އިދިކޮޅު ޓީމްތަކުގެ ގޯލަށް ޖުމުލަ 27 ގޯލްޖަހާ ބައިކޮޅަށް 25 ގޯލް ވަދެފައިވެއެވެ. މީގެ ތެރެއިން އެންމެގިނަ ގޯލްޖަހާފައިވަނީ މިލަދޫ އާއި އެކު ކުޅެވުނު އެކުވެރިކަމުގެ މެޗުގައި އެޓީމްކޮޅަށެވެ. އެއީ 6 ގޯލެވެ. ބައިކޮޅަށް އެންމެގިނައިން ގޯލްވަދެފައިވަނީ މިއަހަރު އެންމެބޮޑަށް ބަލިވި މެޗުކަމުގައިވާ ޅޮހީޓީމާއި ބައްދަލްކުރި މެޗްގައާއި އެންމެފަހުން މާފަރުގައި ކުޅެ މާފަރުޓީމާއި އެއްވަރުވި މެޗުގައެވެ. މިދެމެޗުގައި ލަންދޫ ޓީމްކޮޅަށް ކޮންމެ މެޗެއްގައި 4 ގޯލް ވަދެފައިވެއެވެ.

1 ޚިޔާލު:
ހޮލިޑޭކަޕް ކައުންޓަޑައުން ނުބައި އިސްލާހު ކޮއްލުން ރަނގަޅުވާނެ ކަމަށް ފެނޭ.................
13 سبتمبر 2010 في 4:27 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ