السبت، 11 سبتمبر 2010

މިހާތަނަށް ރަށުންބޭރުން އެންމެގިނަ ސަޕޯރޓަރުން މެޗްބެލުމަށް އައި ތާރީޙީ މެޗް

ލިޔުނީ: މިހާސް














މިހާތަނަށް ލަންދޫގެ ތާރީޙްގައި މެޗެއްބެލުމަށް އައިަ އެންމެގިނަ މީހުންގެ ކުރިމަތީގައި މިއަހަރުގެ ތެރޭގައި ލަންދޫގެ ޒުވާނުން ކުޅުނު އެކުވެރި ކަމުގެ 10 ވަނަ މެޗު ގައި 10 ސެޕްޓެމްބަރ 2010 ވީ ހުކުރު ދުވަހުގެ ހަވީރު ކުނޑަފަރީ ޓީމާއި ބައްދަލްކޮށް ފޯރިގަދަ ކުޅުމަކަށްފަހު 3 ލަނޑު 2 ލަނޑުން ލަންދޫ ޓީމް ކާމިޔާބު ކޮށްފިއެވެ.
ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ " ލިޔެސް " ގެ ނަމުގައި ލަންދޫ ޒުވާނުން ކުޅުނު މިމެޗުގެ ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ ސޯސަންގޭ އަލްފާޟިލް މޫސާ ޙުސެއިން ( މިހާސް ) އެވެ. މި މެޗުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ޝަފާރީގޭ އަލްފާޟިލް މުޙައްމަދު އިރުޝާދު އާއި ކުނޑަފަރީ ޓީމް ގެ ފަރާތުން މެމްބަރެކެވެ.














މި މެޗުގައި ލަންދޫ ޓީމްގެ ކެޕްޓަނެއްގެ ޒިންމާ އަދާކޮށް ފައިވަނީ ނ. ލަންދޫ ފިނޮޅު އަލްފާޟިލް ހަސަންމާހިރު ( މާޓިންގ ) އެވެ
މިއަހަރު މިހާތަނަށް ލަންދޫގައި ކުޅެވުނު އެންމެ ފޯރިގަދަ މެޗްކަމަށްވާ އިއްޔެގެ މެޗްގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މެޗްގެ ހަފްހާފުގެ 13 ވނަ މިނިޓްގައި ޢަލީ ހާފިޒް ( ހާއްޕެ ) އާއި މެޗްގެ ފަހުހާފްގެ 20 މިނިޓްގައި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި އަދި މެޗްގެ ފަހުހާފްގެ 30 ވަނަ މިނިޓްގައި މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.
މި މެޗުގައި ކުނޑަފަރީ ޓީމްގެ ދެ ކުޅުންތެރި އަކަށާއި ލަންދޫ ޓީމްގެ ދެކުޅުންތެރިއަކަށް މެޗްގެރެފްރީ ރީދޫ ކާޑް ދައްކާފައިވެއެވެ.















މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ މަޖުދުﷲ ޢަބުދުއްރައްޒާޤް (މަޖޫ ) އެވެ. އަދި އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވަނީ މުހައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.












މި މެޗުގައި ލަންދޫ ޓީމުން އެންމެފާހަގަ ކޮށްލެވޭފަދަ ކުޅުމެއް ކުޅެފައިވަނީ މަޝްހޫރު ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި އިތުބާރު ޑިފެންޑަރ ހުސްނީ ޢުމަރު ( ތަންބި ) އާއި ތަޖުރިބާކާރު މިޑްފީލްޑަރ މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އެވެ. މި ތިންކުޅުންތެރިންގެ އިތުރުން މި މެޗުގައި މުޅި ލަންދޫ ޓީމްގެ ފަރާތުންވެސް ވަނީ އާދަޔާޚިލާފް ގަދަ ހިތްވަރަކާއި މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.











މި މެޗަށް ސަޕޯރޓްކުރުމުގައި ލަންދޫގެ އެންމެހައި ރައްޔިތު އަންހެނުންނާއި ފިރިހެނުން ބައިވެރި ވެފައިވާއިރު ކުނޑަފަރި ޓީމަށް ސަޕޯރޓްކުރުމަށްޓަކައި އެރަށުން 400 އެއްހާމީހުން ލަންދޫއަށް އައިސް އެޓީމަށް ސަޕޯރޓްކޮށްފައިވެއެވެ.


1 ޚިޔާލު:

غير معرف يقول...

ތަޅާތީ ވަރައް ކަޑަ

23 سبتمبر 2010 في 3:42 م

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް