ތާރީޙަށްޓަކައި މިއަހަރުގެ 11 ވަނަ މެޗް
ލިޔުނީ: މިހާސް
މިއަހަރުގެ ތެރޭގައި ލަންދޫ ފުޓްބޯޅަ ޓީމުން އެޓީމް ކުޅުނު އެކުވެރި ކަމުގެ 11 ވަނަ މެޗު ގައި 11 ސެޕްޓެމްބަރ 2010 ވީ ހޮނިހިރު ދުވަހުގެ ހަވީރު މާފަރު ޓީމާއި ބައްދަލްކޮށް މާފަރު ދަނޑުގައި ކުޅެ 4 ލަނޑު 4 ލަނޑުން އެއްވަރު ވެއްޖެއެވެ. މިއީ މާފަރުގައި ތިއްބެވި ކުރިންފުޓްބޯޅަ ކުޅެމިހާރު ކުޅުމާއި ދުރުގައި ތިއްބެވި ކުޅުންތެރިން ދެއްވި ދަޢުވަތަކަށް ކުޅެވުނު މެޗެކެވެ. މި މެޗަށް ލަންދޫއިންވެސް ދިއުމަށް ހަމަޖެހިފައި އޮތީ ކުރީގެ ކުޅުންތެރިންނަމަވެސް އެންމެފަހުވަގުތު ގިނަކުޅުންތެރިންތަކެއް މި މެޗަށް ނުދިއުމުގެ ސަބަބުން އެވަގުތު ދެވުނު ކުއްޖަކުގޮސް މި މެޗްވަނީ ކުޅެފައެވެ. މިހެންކަމާއި އެކު މި މެޗުގައި ލަންދޫގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ހިމެނިފައެއް ނުވެއެވެ.
މިމެޗުގައި ރެފްރީކަަމާއި ލައިސްމަން ކޮށްދެއްވާފައިވަނީ މާފަރުގެތިންބޭފުޅެކެވެ.
މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މެޗުގެ ފަހު ހާފުގައި މުޙައްމަދު ސަމާޙް ( ސަމައްޓޭ ) 3 ލަނޑާއި ޢަބުދުﷲ އަކްރަމް ( އައްކު ) 1 ލަނޑެވެ
މި މެޗުގައި ކެޕްޓަން ބޭންޑް ނާޅައި ކެޕްޓަންކަން ކޮށްފައިވަނީ ނ.ލަންދޫ ހުނދުވެލި އަލްފާޟިލް ޝިނާން ޢަބުދުލް ޤަނީ ( ސިންނޭ ) އެވެ
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޢުމުރުން50 އަހަރުވަރު ވެފައިވާ ނ.ލަންދޫ ފިނޮޅު އަލްފާޟިލް ސަޢީދުއިބްރާޙިމް ( މޯރީ ) އާއި ނ.ލަންދޫ ހުނދުވެލި އަލްފާޟިލް ޢަބުދުލްޤަނީ ޢުމަރު ( ޤާނާ ) އެވެ.. އެންމެ ހަނގު ކުޅުންތެރިޔަކީ ނ.ލަންދޫ ހުޝިޔާރު މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.
މި މެޗުގައި ލަންދޫ ޓީމުން އެންމެ ރަނގަޅަ ކުޅެފައިވަނީ މިއަހަރު ފުރަތަމަފަހަރަށް ލަންދޫ ޓީމަށް އެއްމެޗެއްގައި 3 ލަނޑުޖަހައިދީ ފުރަތަމަ ހެޓްރިކް ހެދި މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އާއި މެޗްނިމެންދެން މޮޅުކުޅުމެއް ދެއްކި މި މެޗުގައި ލަންދޫ ޓީމްގެ ކެޕްޓަންކަން އަދާކުރި ޝިނާން ޢަބުދުލްޤަނީ ( ސިންނޭ ) އާއި މި މެޗުގައި ގޯލްބެލެހެއްޓި ކުރީގެ ކީޕަރ މިހާރުގެ މަޝްޙޫރު ފިލްމް ޑައިރެކްޓަރ ޝަޙީމް އިބްރާޙިމް ( ބެއްރި ) އެވެ.
މިމެޗުގައި ލަންދޫ ޓީމުން ފުރަތަމަ 11 ގައި ކުޅެން ނިކުތް ކުޅުންތެރިންނާއި އަދި މި މެޗާއި ގުޅޭ ބައެއް ފޮޓޯތައް މި ލިޔުމާއި އެކު މި ހުށައަޅާލަނީ ނ.ލަންދޫ ފުޅޮއި އަލްފާޟިލް އިލްޔާސް ހުސެއިން ( އިއްލަބެގެ ) ހެޔޮއެދުންތަކާއި އެކުގައެވެ. މި މެޗާއި ބެހޭ ހުރިހާފޮޓޯއަކީ އިއްލަބެ މި ބްލޮގަށް ހަދިޔާކޮށްދެއްވި ފޮޓޯތަކެކެވެ. މިކަމަށްޓަކައި އިއްލަބެއަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝްކުރު ދަންނަވަމެވެ.



0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ