الجمعة، 10 سبتمبر 2010

ލަންދޫ ސޮކަރ .ޓީކޭ - ގެއެބުރި އައުން

ލިޔުނީ : މިހާސް











ބަރަކާތްތެރި ރަމަޟާންމަހަށް މެދުކަނޑާލުމަށްފަހު އަލުން އަބުރާ މިބްލޮގް ގެ މަސައްކަތް ފެށޭކަމަށްޓަކައި މާތްﷲ ގެހަޟްރަތައް ހަމްދާއި ޝްކުރު ދަންނަވާހާލް މިބްލޮގް ގެ އަޙްލުވެރިންނަށް މަރުޙަބާއާއި އުފާވެރި ފިތުރު ޢީދުގެ ހެޔޮއެދުންތައް ރައްދުކުރުމެވެ.
މާތްﷲ ގެ ވާގިފުޅާޢި އެކު އަޅުގަނޑުގެ މި އާފެށުމުގައިވެސް މަސައްކަތް ކުރެވޭތޯ ބަލާނީ ލަންދޫގެ ފުޓްބޯޅައަށް ޚާއްޞަ ސަމާލްކަމެއްދީގެން ތެދުވެރިކަމާއި، އަމާނާތްތެރި ކަމާއި އެކު އަންނަށް އޮތްޖީލާއި ހިސާބަށް ފުޓްބޯޅައާއި ބެހޭ ތަފާތު މަޢުލޫމާތުތައް ގެނެސް ދެވޭތޯއެވެ.
ވޭތުވެ ދިޔަ ކުރުމާޒީގައި މި ބޮލްގަށް ކިޔުންތެރިންނާއި ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބާއި އެއްބާރުލުން ފާހަގަކޮށް އެންމެހާ ފަރާތްތަކަށް ވަރަށް އިޙްލާސްތެރި ކަމާއިއެކު ޝްކުރުދަންނަވަމުން އާފެށުމަކާއި އެކު " ލަންދޫ ސޮކަރ.ޓީކޭ " އާއިގެން މާތްﷲގެ އިސްމުފުޅާއި އެކު ކުރިއަށް ދާންފަށަމެވެ. وبالله التوفيق


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް