މާފަރާއި އެކު ކުޅެވޭ އެކުވެރި ކަމުގެ މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު
ލިޔުނީ : މިހާސް
ލަންދޫ ޒުވާނުން އަވައްޓެރި މާފަރު ޒަވާނުންނާއި އެކު ކުޅުމަށް ހަމަޖެހެމުންދާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހު ކަމަށް މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެލައްވާ ފަރާތް ކަމުގައިވަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ ) މަޢުލޫމާތު ދެއްވައެވެ.
ލަންދޫގައި މިއަހަރު ކުރިއަށް ގެންދެވުނު އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗްތައް ޅޮހީޓީމްއަތުން ލަނދުވެތި ގޮތަކަށް ބަލިވުމާއި ގުޅިގެން މެދުކަޑާލައިފައި އޮތުމަށްފަހު މި މެޗްމިކުޅެވެނީ ޢަބުދުލްޤަނީ ޢުމަރު ( ޤާނާ ) ގެ އިސްނެގުމުގެ މަތިންނެވެ.
މިއަހަރު މަފަރާއި އެކު ކުޅެ ރަށުޓީމް 3 ލަނޑު 2 ލަނޑުން ބަލިވެފައިވާއިރު އޭގެ ކުރިން ކުޅުނު މެޗަކުން މާފަރު އަތުންވަނީ 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ބަލިވެފައެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ