ފުޓްބޯޅަ ދަނޑުތައްޔާރުކުރުމުގައި ޒުވާނުންނަށް ކުޑަކުދިން ނަމޫނާދައްކަނީ
ލިޔުނީ : މިހާސް
ލަންދޫގައި ޒުވާނުން ފުޓްބޯޅަކުޅޭ ދަނޑު ތައްޔާރު ކުރުމަށްޓަކައި އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ. ދަނޑުގައިވާ ދޫ ފަސްގަޑު ނަގަން ކިޔާތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. ހަމަ އެހެންމެ އެއްދުވަސް ވަރެއްގައި ދަނޑަށް ފެންޖެހުމުގެ ވާހަކަތަކެއްވެސް ފެތުރިގެން ހިގަންޖެއެވެ. ނަމަވެސް މިކަންތައްވަނީ ޙަޤީގަތަކަށްނުވެ ހުސްވާހަކަ ތަކަކަށް ވެފައެވެ.
މިކަން މިގޮތައް ވެފައިވަނިކޮށް މިއަދު ފެނިގެން މިދިޔައީ ކުޑަކުދިން އެކުދިން އަމިއްލައަށް އިސްނަގާ، ރާވައިގެން މިހާރު ކުރިއަށް ގެންދާ " ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް " ގެ ފައިނަލް މެޗަށް ދަނޑު ތައްޔާރު ކުރަމުންދާމަންޒަރެވެ.
މިގޮތުން ސްކޫލްކުދިންގެ ދަނޑުގައި ( ކުޑަބޯޅަ ދަނޑު ) ގެ މޫދާދިމާލް އަރިމަތީގައި އޮންނަ ދޫ ވެލިގަނޑު ކަހާ ނެގުމުގެ ބުރަ، ބޮޑު މަސައްކަތް މިއަދު އެކުދިންވަނީ ފަށާފައެވެ. އަދި މިއަދުގެ މަސައްކަތުން އެއްހާފުން ވަނީ ވެލިގަޑު ނަގާނިމިފައެވެ.
މިވެލިގަޑު އެއްކޮށް ނަގާނިމުމުން އެދަނޑުގައި ވަރަށް ފަސޭހަކަމާއި އެކު ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ބެލެވެއެވެ. މިހެންކަމާއި އެކު ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލް ކަމުގައި ބެލެވޭ ކުޑަކުދިން އިސްނަގައިގެން މިކުރާ ބުރަ، ބޮޑު އަދި މުޙިއްމު މަސައްކަތުގެ އަގުވަޒަންކޮށް " ލަންދޫ ސޮކަރ.ޓީކޭ " ގެ ފަރާތުން ހޫނު މަރުޙަބާ އަކާއި ޝްކުރެއް ރައްދުކުރަމެވެ.



0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ