الاثنين، 2 أغسطس 2010

ދަގަނޑޭ ގެ – އަޑު މަޑުވުމުގެ ސިއްރަކީ ކޮބައިބާ !!!؟

ލިޔުނީ : މިހާސް










ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ މޮޅުކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ޤަބޫލްކުރާ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާޤް ( ދަގަނޑޭ ) ގެ އަޑުމިއަދު ފަނޑުވެފައި މިވަނީ ކީއްވެގެން ރާއްޖޭގެ ފުޓްބޯޅަ ބަލާ ، ފުޓްބޯޅައިގެ މަޢުލޫމާތު ހޯދާ ދިރާސާކުރާ ކޮންމެ ފަރާތަކަށްވެސް ވަރަށް ސާފްކޮށް އެގޭނެއެވެ.
ކިތައްމެ މޮޅު ކިތައްމެ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް އެކުޅުންތެރިއެއްގެ ކިބައިގައި ރިވެތި އަޙްލާޤެއް ނެތްނަމަ އެކުޅުންތެރިއަކީ މީހުންގެ ކުރިމަތީގައި އެންމެ މަޤްބޫލް މީހަކަށް ވެގެނެއް ނުދާނެއެވެ. މިއަދު އަޅުގަނޑުމެން ޤައުމުގެ ފުޓްބޯޅައިގެ ޤައުމީ ކެޕްޓަނަށް ދިމާވެފައި މިވަނީ މިކަންތަކެވެ.
ދަގަނޑޭފަދަ ހުނަރުވެރި މޮޅުކުޅުންތެރިއަކު 6 މެޗަށް ސަސްޕެންޑްކުރަންޖެހުނު ސަބަބު މިއީ އަޅުގަނޑުމެން އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިން ފުންކޮން ވިސްނާ ޢިބަރަތް ހާސިލްކުރަން ޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ފުޓްބޯޅައަކީ ޑިސިޕްލިންގ ގޭމަކަށްވާއިރު ދަނޑުމަތީގައްޔާއި ، ދަނޑުންބޭރުގައި އަޅުގަނޑުމެން ހުރިހާ ކުޅުންތެރިންވެސް ޑިސިޕްލިންގ ހިފަހައްޓަން އެބަޖެހެއެވެ. ނޫނީ ސާކް ޤައުމުތަކުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ އަޅުގަނޑުމެންގެ ކެޕްޓަން ދަގަނޑޭ އަށް ދިމާވާކަންތައްތައް ދިމާވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް