ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ހަފްތާ ބަންދުގައި އޮންނާނެ
ލިޔުނީ : މިހާސް
ލަންދޫގައި އުޅޭ ފުޓްބޯޅަ ކުޅޭ ކުޑަކުދިންގެ މެދުގައި އިސްނަގައިގެން އެކުދިން ރާވާ އިންތިޒާމްކޮށްގެން ކޮންމެހަފްތާބަންދަކާއި ދިމަކޮށް ކުރިއަށް ގެންދެވުނު " ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ " ފައިނަލްމެޗް މިހަފްތާބަންދުގައި އޮންނާނެއެވެ.
މި މުބާރާތުގެ ފައިނަލްގައި ބައްދަލްކުރަނީ މިވަގުތު ލަންދޫއިން އަރަމުން އަންނަ އެންމެ މޮޅު ދެކުޅުންތެރިންކަމަށް ގިނަބަޔަކު ޤަބޫލްކުރާ ހަސަން ނިޝާން ( ދަޅު ) އާއި އަޙްމަދު އާޒިމް ( ދަވާދޭ ) ހިމެނޭ ދެޓީމެވެ. މިހެންކަމާއި އެކު މި މެޗު ވެގެންދާނީ މި ދެކުދިންގެ ކުރިމަތި ލުމެއްގެ ގޮތުގައެވެ.
މި ދެޓީމް ފައިނަލާއި ހިސާބަށް އައިސްފައިވާއިރު މި މުބާރާތުގައި ވާދަކުރި އިބްރާހިމް ސައުދު އާއި ހަސަން ހަލީމް ހިމެނޭ ވަރުގަދަ ޓީމްވެސް ވަނީ މުބާރާތުން ކަޓާފައެވެ. މި ކުޅުންތެރިންނަކީ މި މުބާރާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކުދިންނެވެ.
މިކުދިންގެ ވިސްނުންހުރީ ހުކުރު ނޫނީ ހޮނިހިރު ދުވަހުގެ ހަވީރު އެކުދިންގެ ފައިނަލް މެޗްކުޅުމަށެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ