السبت، 7 أغسطس 2010

ކުޑަކުދިންގެ މުބާރާތުގެ ޗެމްޕިއަންކަން ޝިމާޢުމެންގެ " ޓައިގަރ " ޓީމުން ހޯދައިފި

ލިޔުނީ: މިހާސް













މެޗް ފެށުމުގެ ކުރިން ކުދިންގެ ޑިސިޕްލިންގ މައްސލާގައި ވަރަށް ދިގު ވާހަކަ ތަކެއް ދެއްކުމަށްފަހު މެޗްފަށަން ކަޑައަޅާފައިވާ ގަޑިއަށްވުރެ ގާތްގަޑަކަށް ފަނަރަ މިނިޓްފަހުން ކުޅެންފެށުނު ކުޑަކުދިންގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޢަލީ ޝީމާޢުގެ " ޓައިގާރ ޓީމް " އިން ހޯދައިފިއެވެ.

















މެޗްފެށުމުގެ ކުރިން ހިގާދިޔަ ކަންތަކާއި ގުޅިގެން މޫނުތައް " އޮފް " ވެފައިވާ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނިގެން ގޮސްފައިވަނީ " ވަނދު " ކުޅުމެކެވެ. މި މެޗުގައި އެންމެ ރަނގަޅަށް ކުޅެފައިވަނީ މި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައިސްފައިވާ ހަސަން ނިޝާން އާއި އަޙްމަދު އާޒިމް އެވެ.
މި މުބާރަތަކީ ލަންދޫ ސްކޫލް ނިންމާފައިވާ ބައެއް ދަރިވަރުންނާއި ، ވަކި ހިސާބަކުން ސްކޫލުން ވަކިވެފައިވާ ދަރިވަރުންނާއި އަދިމިހާރު ސްކޫލްގެ މަތީގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް އިސްނަގައިގެން ކުޅެވުނު މުބާރާތެކެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ ޢަލީ ޝިމާޢުގެ " ޓައިގަރ " އާއި ، ހަސަން ނިޝާންގެ " ކުލަބު 26 " އާއި ހަސަން ހަލީމް " ރެޑްބުލް " އާއި އަޙްމަދު އިލްހާމް " އެފް.ސީ ސްޓާރ " އެވެ.













ލަންދޫގައި ހުރި އެންމެ ޑިސިޕްލިންގ އެއް ފުޓްބޯޅަ ކުޅުންތެރިޔާކަމަށްވާ ނ.ލަންދޫ އަޅިވިލާގޭ އަލްފާޟިލް މުޙައްމަދު ހަސަން ( ރަނބޭ ) ޝަރަފްވެރިކޮށްދެއްވި މިއަދު ގެ ފައިނަލް މެޗް ވަގުތު ހަމަވިއިރު 2 ލަނޑު ، 2 ލަނޑުން ދެޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 5 ލަނޑު 3 ލަނޑުން މެޗް ކާމިޔާބުކޮށް ފުރަތަމަ ކުޑަކުދިންގެ ފުޓްބޯޅަ މުބާރަތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޢަލީ ޝީމާޢުގެ " ޓައިގާރ ޓީމް " އިންނެވެ.
މިއަދުގެ ފައިނަލްމެޗް ފެށުން ލަސްވުމާއި އަދި މެޗް އެއްވަރުވެގެން ޕެނަލްޓީ ޖަހަން ޖެހުމާއި ގުޅިގެން ކުދިން މަޣްރިބް ނަމާދަށް ދިއުމަށް ފުރުޞަތު ދިނުމުގެ ގޮތުން މި މުބާރާތުގެ ތަފާތު މަޤާމްތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓް ދިނުންވަނީ އެހެން ދުވަހަކަށް ބަދަލް ކުރެވިފައެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް