الخميس، 5 أغسطس 2010

މާފަރު މެޗް ކެންސަލްކޮށްލައިފި

ލިޔުނީ: މިހާސް

މާދަމާ މާފަރާއި ލަންދޫ ފުޓްބޯޅައިން މާފަރުގައި ބައްދަލް ކުރުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗް މިއަދުގެ ވަގުތެއްގައި ކެންސަލް ކޮށްލައިފިއެވެ.
ލަންދޫ ޒުވާނުންގެ ފުޓްބޯޅައިގެ ކަންތައްތަކުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރި ވެލައްވަމުން ގެންދަވާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) މަޢުލޫމާތު ދެއްވި ގޮތުގައި މާދަމާ މާފަރާއި ކުޅުމަށް ހަމަޖެހިފައިވާ މެޗް ކެންސަލްކޮށްލީ މިދުވަސްކޮޅު ލަންދޫގައި މަސްތުވތަކެތީގެ ކަންތައް ބޮޑުވެގެންގޮސް ބައެއްކުޅުންތެރިން އޭގެ ވަބައިގައި ޖެހިފައި ވާތީއެވެ.
ނަމަވެސް މި މެޗް ކުޅުމަށް އިސްނެގި ލަންދޫގެ ކުޅިވަރުގައި ނުފޫޒްގަދަ ފަރާތެއްކަމުގައިވާ ޢަބުދުލްޤަނީ ޢުމަރު ( ޤާނާ ) މަޢުލޫމާތު ދިންގޮތުގައި މާދަމާ މާފަރާއި ދެމެދު ކުޅުމަށް ހަމަ ޖެހުނު މެޗް ކެންސަލް ކުރެވުނީ ޓީމްގެ ކީޕަރުން ކުޅެން ނުދާތީއެވެ.
މިދުވަސްކޮޅު ލަންދޫގައި މަސްތުވާ ތަކެތީގެ ވަބާ ފުޅާ ދާޢިރާއެއްގައި ފެތުރިގެންގޮސް މީގެ ތެރޭގައި ބައެއްކުޅުންތެރިން ހިމެނިގެންދާ ކަމަށްޓަކައި ނިހާޔަތަށް ހިތާމަކުރަމެވެ. އަދި މިވަގުތު ރަށުގައި މަސްތުވާތަކެތީގެ ވިޔާނުދާ ޢަމަލް ހިންގަމުން މިގެންދާ ފަރާތްތަކުގެ މި ވިޔާނުދާ ޢަމަލް " ލަންދޫ ސޮކަރ.ޓީކޭ " ގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް