އަނެންކާވެސް މާފަރާއި ބައްދަލްކުރުމަށް ތައްޔާރުވަނީ
ލިޔުނީ : މިހާސް
މިއަހަރު ދެވަނަ ފަހަރަށް އަވައްޓެރި މާފަރާއި ފުޓްބޯޅައިގައި ބައްދަލްކުރުމަށް ތައްޔަރުވަމުން އަންނަކަމަށް ވަރަށް މުޢުތަބަރުގޮތަކަށް މި ބްލޮގަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ލަންދޫ ދަނޑުގައި މާފަރު ޓީމާއި ބައްދަލްކޮށް ލަންދޫ ޓީމް ވަނީ 3 ލަނޑު 2 ލަނޑުން ބަލިވެފައެވެ. އަދި ވޭތުވެދިޔަ އަހަރު ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާޞަބަތުގައި ކުޅެވުނު މެޗުން ލަންދޫ ޓީމްވަނީ 7 ލަނޑު 0 ލަނޑުން ބަލިވެފައެވެ.
މިއަހަރު ލަންދޫ ޒުވާނުން ކުޅެމުން ގެންދިޔަ ސިލްސިލާ ފުޓްބޯޅަ މެޗްތައް މަޑުޖައްސާލައިފާވަނީ އެންމެފަހުން ޅޮހީޓީމާއި ބައްދަލްކުރި މެޗުން ލަނދުވެތި ގޮތަކަށް ބަލިވުމާއި ގުޅިގެންނެވެ. އެމެޗަށްފަހު މި މެޗުތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ފަރާތްތަކުން ބުނެފައިވަނީ ދެން މެޗެއް ކުޅެވޭނީ ރަނގަޅަށް ޕްރެކްޓިސް ކުރުމަށް ފަހުގައި ކަމަށެވެ.
މިކަން މިހެން އޮތްނަމަވެސް މާފަރު ޓީމްގެ މައްޗަށް ނުވަތަ އެހެންޓީމެއްގެ މައްޗަށްވެސް ކާމިޔާބު ހޯދޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ މެޗްކުޅުމަކީނެތްކަމެއް ނޫނެވެ. އެކަމަކު މިދަޑިވަޅުގައި ވިސްނަންވީ އެންމެފަހުން ކުޅުނު ޅޮހީ މެޗުން ލިބުނު ހުތުރުނަން ފޮހެލެވޭނެ ގޮތެއް ހޯދުމަށެވެ. މިކަން ކުރުމަށް ކޮންމެވެސް ސިފައެއްގައި ޕްރެކްޓިސްކޮށްލުން މުޙިއްމުކަމުގައި އަޅުގަނޑު ދެކެމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ