السبت، 31 يوليو 2010

ފޯރިގަދަ ޝައުޤްވެރި ކުޅުމަކަށްފަހު ޗެމްޕިއަންކަން " ގްރީން " ޓީމަށް

ލިޔުނީ: މިހާސް

















ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް ތުއްތު ކުދިންނަށް އަމާޒް ކުރެވިގެން ބޭއްވުނު " ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތުގެ " ޗެމްޕިއަންކަން ފޯރިގަދަ ޝައުޤްވެރި ކުޅުމަކަށްފަހު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ " ގްރީން ޓީމް " އިން ހޯދައިފިއެވެ.













މިއަދުގެ ތާރީޙީ ފައިނަލްގައި ގްރީން ޓީމާއިދެެކޮޅަށް ނިކުމެފައިވަނީ އަމީނުގެ " ބްލެކްޓީމް " އެވެ. މެޗްފެށިގެން ނިމެންދެންވެސް މިއަދުގެ މެޗުގައި ފެނިގެން ގޮސްފައިވަނީ ހަމަ ހަމަ ކުޅުމެކެވެ. ނަމަވެސް " ގްރީން ޓީމް " ގައިތިބި ހުނަރުވެރި ސަލާމް އާއި މިސްބާޙް އާއި ސިއްފާން އަދި އައިމަންގެ ހުނަރު ބޭނުންކޮށްގެން މެޗް ނިމުމުގެ ކުރިން 4 ލަނޑު " ބްލެކްޓީމްގެ ކޮޅަށް ވައްދާލިއެވެ. " ބްލެކްޓީމް " އިން ވެސް ވަނީ ސުންކަޑުވާލައި " ގްރީން ޓީމްގެ ކޮޅަށް ގޯލެއްވައްދާލައިފައެވެ. މިމެޗް ނިމިގެން ގޮސްފައިވަނީ 4 ލަނޑު 1 ލަނޑުން " ގްރީން ޓީމް މޮޅުވެގެންނެވެ. މިއަދުގެ މެޗުގައިވެސް އެންމެ މޮޅަށް ކުޅެފައިވަނީ މިމެޗްގައި ހެޓްރިކް ހެދި ގްރޭޑް 3 ގެ ދަރިވަރު ހުސެން ސަލާމް ( މެސީ ) އެވެ.
މިފައިނަލްމެޗް ފެށިގެން ގޮސްފައިވަނީ ފުޓްބޯޅައަށް ނުހަނު ޝައުޤްވެރިކަން ދެއްވަވާ ލަންދޫ ބޮޑުކަތީބް އަލްފާޟިލް ހަސަން ނަޞީރު ދެޓީމްގެ ކުޅުންތެރިންނާއި ސަލާމް ކުރެއްވުމުންނެވެ.













މި މެޗް ނިމުމުން މުބާރަތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންނަށާއި އެންމެ މޮޅުކަމަށް ފާހަގަ ކުރެވުނު 6 ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ލަންދޫ ބޮޑުކަތީބް އަލްފާޟިލް ހަސަން ނަޞީރު އިބްރާޙިމް އާއި ލަންދޫގައި މިފަހަކަށް އައިސް އުފެދުނު އެންމެ އަޙްލާޤް ރަނގަޅުކުޅުންތެރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ މުޙައްމަދު ހަސަން ( ރަނބޭ ) އާއި " 26 މެޗް " އަށް ފަހު ރަސްމީ ފުޓްބޯޅަ ކުޅުން ހުއްޓަވާލެއްވިކަން އިޢުލާން ކުރެއްވި ހަސަން މާހިރު ( މާއްޓެ ) އެވެ.
މި މުބާރާތުގެ އެންމެ މޮޅު 6 ކޫޅުންތެރިންނަށް ހޮވިފައިވަނީ ގްރޭޑް 3 ގެ ހުސެން ސަލާމް އާއި، ގްރޭޑް 4 ގެ އަބުދުﷲ މިސްބާޙް އާއި ގްރޭޑް 4 ގއ ޢަބުދުﷲ އިކްލީސް އާއި ގްރޭދް 5 ގެ މުޙައްމަދު ޝިއްފާން އާއި ގްރޭޑް 3 ގެ ޢާބުދުﷲ އަރުމީލް އާއި އަދި ގްރޭދް 3 ގެ އަޙްމަދު އައިމަން އެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް