ދުނިޔޭގެ ފުޓްބޯޅައިގެ އެންމެބޮޑު ފައިނަލް
ލިޔުނީ : މިހާސް
ކޮންމެ 4 އަހަރަކުން އެއް އަހަރަކު ބޭއްވޭ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފީފާވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މިފަހަރުގެ ފައިނަލް މެޗު މިރޭ ސައުތު އެފްރިކާގައި އޮންނާނެއެވެ.
މިފަހަރުގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ވެގެންދާނީ ތާރީޙީ ފައިނަލަކަށެވެ. އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ ތަންކޮޅަކީ މިފަހަރުގެ ފައިނަލްގައި ބައްދަލްކުރާ ހޮލެންޑާއި އަދި ސްޕޭންއަކީ މި މުބާރާތުގެ ފައިނަލްގައި މުޅިން އަލަށް ބައްދަލްކުރާ ދެޓީމްކަމަށް ވުމެވެ.
މިހެންކަމާއި އެކު މި މުބާރާތުގެ ޗެމްޕިއަންކަން މިއިން ކޮންމެ ޓީމެއްގެންދިޔަ ކަމުގައިވިޔސް މިކަން ވެގެންދާނީ ފުޓްބޯޅައިގެ ތާރީޙްގައި އެޓީމެއް ފީފާ ވޯލްޑްކަޕް ހޯދާ ފުރަތަމަ ފަހަރު ކަމުގައެވެ.
މިރޭ ފީފާ ވޯލްޑްކަޕް ފައިނަލް ކުޅެވޭ އިރު ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިފަހަރުގެ ޗެމްޕިއަންކަން ހޯދާނީ މިވަގުތު ޔޫރަޕްގެ ޗެމްޕިއަން ކަމުގެ މަޤާމްގައި އޮތް ސްޕޭން އެވެ.
މިފަހަރުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމުގެ ރޭހުގައި 100 އިންސައްތައިގެ ރެކޯރޑަކާއި އެކު މުބާރާތައް އައި ދެޓީމް ފައިނަލްގައި މިރޭ ބައްދަލްކުރާ އިރު މި މުބާރާތުގައި އެންމެރަނގަޅު މޮޅުކުޅުމެއް ފެނިގެން ދަނީވެސް މި ދެޓީމްގެ ފަރާތުންކަން ފާހަގަ ކޮށަލަން ޖެހެއެވެ.
އެންމެފަހުގެ ވޯލްޑްކަޕްގެ ފައިނަލާއި ބަލާފައި މިފަހަރުގެ ފައިނަލް ހުރިހާ ގޮތަކުންވެސް ރަނގަޅުވެ ފުރިހަމަ ވެގެންދާނެކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުން މިރޭކުޅެވޭ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ފައިނަލް ވެގެންދާނީ މިފަހުގެ ތާރީހެއްގައި ދުނިޔޭގައި ކުޅެވޭ އެންމެ ފުރިހަމަ އެންމެބަލާހިތްވާފަދަ ކުޅުމެއް ފެނިގެން ދާނެފައިނަލް މެޗަށެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ