السبت، 10 يوليو 2010

ހުނަރުވެރި އުއްމީދީ ކުޅުންތެރިންތަކެއް އެބަތިބި

ލިޔުނީ : މިހާސް











ލަންދޫ ސްކޫލް ގްރޭޑް 5 ން ދަށުގެ ދަރިވަރުންނަށް އަމާޒްކޮށްގެން މިއަދުފެށުނު ތުއްތު ކުދިންގެ ފުޓްބޯޅަ މުބާާތުގެ ފުރަތަމަ މެޗު ނިމިގެން ދިޔަ އިރު މިފަސްގަޑުގައި ހުނަރުވެރި އުއްމީދީ އެތައްކުޅުންތެރިންތަކެއް ތިބިކަން ފާހަގަ ކުރެވިއްޖެއެވެ.
ލަންދޫގައިތިބި ތުއްތު ކުދިންގެ ކިބައިގައި ހުރި ، ފުޓްބޯޅައިގެ ހުނަރުތައް ދެނެގަނެ އެކުދިންނަށް ފުޓްބޯޅައިން އިތުރަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލައި، އުފާވެރި މާޙައުލެއްގައި ހުރިހާކުދިން އެތަނަކުން ބައްދަލްކޮށްލުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދީ، ކުދިންގެ ކިޔެވުމާއި އުޅުމާއި، ގުޅުން އިސްލާޙްކޮށް ދީނީ ކަންތައްތައް ކުރުވުމަށް ބޮޑަށް ބާރު އެޅުވުމުގެ މަޤްޞަދުގައި ބޭއްވޭ " ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތް 2010 " މިއަދު ފެށިގެން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލްކޮށްފައިވަނީ " ބުލޫ ޓީމް " އާއި " ގްރީން ޓީމް " އެވެ













އާދަޔާ ޚިލާފް ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުނިމިގެން ދިޔައީ 6 ލަނޑު 2 ލަނޑުން " ގްރީން ޓިމް " މޮޅުވެގެންނެވެ. މިއަދުގެ ތަރިންގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ގްރޭޑް 3 ގެ ދަރިވަރު ހުސެން ސަލާމް (މެސީ ) އާއި އަދި މިހާތަނަށް އެކުއްޖެއްގެ ކުޅުން ފެނިފައި ނުވާ ގްރޭޑް 3 ގެ ދަރިިވަރު އަޙްމަދު އައިމަން ( ވޭން ރޫނީ ) އާއި ގްރޭޑް 5 ގެ ދަރިވަރު ޢަބުދުﷲ އިކްލީސް ( ކަކާ ) އާއި ގްރޭޑް 4 ގެ ދަރިވަރު ޢަބުދުﷲ މިސްބާހް ( ޖޯންޓެރީ ) އާއި " ގްރީން ޓީމް " ގެ ގޯލްބެލެހެއްޓި މުޙައްމަދު ނާއިފް ( ކަސިލަސް ) އެވެ.













މިއަދު މިފެށުނު މިތާރީޙީ ފުޓްބޯޅަ މުބާރާތް ވެގެން މިދަނީ މި މުބާރާތުގައި ވާދަކުރާގިނަ ކުޅުންތެރިން އެކުދިންގެ ހަޔާތުގައި ފުޓްބޯޅަ މުބާރާތެއްގައި ކުޅޭ ފުރަތަމަ މުބާރާތުގެ ގޮތުގައިވެސް މެއެވެ.
މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެއްބާރު ލުމަކާއި ސަޕޯރޓެއް ލިބެމުންދާކަން މިފުރުޞަތުގައި ވަރަށް ޝްކުރުވެރި ކަމާއި އެކު ފާހަގަ ކޮށްލަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް