ފީފާ ވޯލްޑްކަޕް މުބާރާތުގެ ނިމުން " ލިޔެސް ޖަގަހަ " އިން ފާހަގަ ކޮށްފި
ލިޔުނީ : މިހާސް

މިފަހަރުގެ ފީފާ ޥޯލްޑްކަޕް ފޯރިއާއި ޖޯޝްގައި ރަށުގައި ތިބެގެން ބެލުމަށް ދުރާލާ އެންމެ ފުރިހަމައަށް ތައްޔާރުވި " ލިޔެސް ފުޓްބޯޅަ ޖަގަހަ " އިން މި މުބާރާތުގެ ނިމުންވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " އިން ރޭގެ 9:30 ހާއިރު ބޭއްވި މިރަސް މިއްޔާތުގައި ވޯލްޑްކަޕް މުބާރާތް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެހީތެރިވެ ދެއްވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި ވޯލްޑްކަޕަށް ތައްޔާރު ކުރެވުނު ޙާއްޞަ ލަވަ ދެއްކުމާއި " ލިޔެސް ހޮލިޑޭ ކަޕް " ގެ ބައެއް ހަރަކާތްތައްވެސް ކުރިއަށް ދިއައެވެ.

މި ޕްރޮވިންސްގެ ޔުޓިލިޓީސް ކުންފުނީގެ އިންޖީނުގޭގެ ކަންތަކުގައި އިސްކޮށް ޙަރަކާތްތެރި ވެލައްވަމުން ގެންދަވާ ނ. ވެލިދޫ އަޙްމަދު ޢީސާ ޝަރަފްވެރިކޮށްދެއްވި މިހަފްލާގައި ތަފާތު 26 ފަރާތްތަކަށް ސެޓްފިކެޓް ދެވުނުކަމަށް " ލިޔެސް " ގެ މިދަޢުރުގެ އެއް ނައިބު ރައީސް ޔޫއްޓޭ މަޢުލޫމާތު ދެއްވައެވެ.
މިރަސްމިއްޔާތުގައި މިއަހަރު ލިޔެސްއިން ރާވާ ހިންގުމަށް ހަމަޖެހިފައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " ގެ ސްޕޮންސަރުންގެ ފަރާތުން ރަމްޒީ ޗެކް " ލިޔެސް " އާއި ހަވާލް ކުރުންވެސް އޮތެވެ. މި ޗެކް ހަވާލްކޮށްދެއްވީ އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގެ ސްޕޮންސާގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ސައިއްޕޭ އެވެ.
މިރަސް މިއްޔާތު ނިމިގެން ދިޔައީ މިފަހަރުގެ ވޯލްޑްކަޕަށް " ލިޔެސް " އިން ތައްޔާރުވި ގޮތާއި ބެހޭގޮތުން ޖަމްޢިއްޔާގެ އެއް ނައިބު ރައީސް މެއްޑޯ ތައްޔާރު ކުރެއްވި ފުރިހަމަ ރިޕޯރޓެއް ހުށައަޅައި ދިނުމަށްފަހު ބޮޑިބަތުގެ ބިލެތް މީރުކޮށްލެއްވުމަކުންނެވެ.
މިފަހަރު " ލިޔެސް ޖަގަހަ " އިން ވަނީ ފުޓްބޯޅައިގެ ފޯރި ވަރަށް ފުރިހަމައަށް ނަގާފައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވި ހުރިހާ ފަރާތްތަކަކަށް މި ބްލޮގުގެ ފަރާތުން ނިހާޔަތައް ޝްކުރުވެރި ވަމެވެ. .
މިފަހަރު " ލިޔެސް ޖަގަހަ " އިން ވަނީ ފުޓްބޯޅައިގެ ފޯރި ވަރަށް ފުރިހަމައަށް ނަގާފައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވި ހުރިހާ ފަރާތްތަކަކަށް މި ބްލޮގުގެ ފަރާތުން ނިހާޔަތައް ޝްކުރުވެރި ވަމެވެ. .
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ