الأحد، 4 يوليو 2010

ޔޫރަޕްގެ ޗެމްޕިއަނުންނަށް ދުނިޔޭގެ ޗެމްޕިއަނުންނަށް ނުވެވެންވީ ސަބަބެއް ނެތް

ލިޔުނީ : މިހާސް












މިހާރުު ސައުތު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރަތުގެ ސެމީފައިނަލް ގައި ޖާރމަން އާއި ސްޕޭން ބައްދަލް ކުރާ މެޗު ވެގެންދާނީ މި މުބާރާތުގެ އަސްލު ފައިނަލް މެޗުކަމުގައެވެ.
ޢާދަޔާ ޚިލާފް ނަތީޖާ ތަކެއް ނިކުންނަމުން ދާ މި މުބާރާތުގައި ޓީމެއްގެ ގޮތުގައި ކުޅެމުން އަންނަ ދެޓީމަކީ ޖާރމަން އާއި ސްޕޭންކަމުން މި މުބާރާތުގެ އެންމެ ފެންވަރު ރަނގަޅު އެންމެ ފުރިހަމަ ކުޅުމެއް ފެނިގެން ދާނެ މެޗެއްކަމަށް ބެލެވިގެން ދަނީ މިދެޓީމް ބައްދަލްކުރާ ސެމިފައިނަލް މެޗެވެ.
ޙަޤީގަތައް ބުނާނަމަ މި މިބާރާތުގައި މިހާތަނަށް ކުޅެވުނު ހުރިހާ ޓީމްތަކަށް ބަލާއިރު ޓިމެއްގެ ގޮތުގައި ޓީމްގެ ހުރިހާ ޑިޕާރޓްމަންތް ތަކެއް އެންމެ ރަނގަޅަށް މަސައްކަތް ކޮށްފައިވަނީ ޖާރމަން އާއި ސްޕޭން އެވެ.
ސެމީފައިނަލަށް ޖާރމަން ދަތުރުކޮށްފައިވަނީ މަޝްހޫރު އާޖެންޓީނާ ލަނދު ވެތި ގޮތަކަށް ބަލިކުރުމަށް ފަހުގައި ކަމުން މިކަމުގެ ނޭދެވޭ އަސަރު އެޓީމަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މުބަރާތުގައި ޖާރމަންކުޅުނު ފުރަތަމަ ދެ މެޗަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް އެގެއެވެ.
މިހެންކަމާއި އެކު ޖާރމަން އާއި ސްޕޭން ބައްދަލް ކުރާ ސެމީފައިނަލްގެ މެޗު އަދި މި މުބަރާތުގައި މިހާތަނަށް ކުޅެވޭނެކަމަށް ބެލެވޭ އެންމެ ފެންވަރު ރަނގަޅު މެޗު ސްޕޭން ކާމިޔާބު ކުރުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.
މި މުބާރާތުގައި ޙަޤީގީ ތަރިންގެ ޓީމަކީވެސް ޔޫރަޕްގެ ޗެމްޕިއަން ސްޕޭން އެވެ. މިހުރިހާ ސަބަބަކަށް ޓަކައި ޔޫރަޕްގެ ޗެމްޕިއަނުންނަށް ދުނިޔޭގެ ޗެމްޕިއަނުންނަށް ނުވެވެންވީ ސަބަބެއް ނެތެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް