ބުރެޒިލްގެ ސަޕޯރޓަރުންނަށް ކުރިވަރު އާޖަންޓީނާގެ ސަޕޯރޓަރުންނަށް ދައްކާލައިފި
ލިޔުނީ : މިހާސް
މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ދުނިޔޭގެ މަޝްޙޫރު ދެޓީމްކަމުގައިވާ އާޖެންޓީނާ އާއި ޖަރުމަން ބައްދަލްކުރި މެޗުގައި ލަދުވެތި ގޮތަކަށް އާޖަންޓީނާ ޓީމް ބަލިވުމާއި ގުޅިގެން ލަންދޫގައި ތިބި ބުރެޒިލްގެ ސަޕޯރޓަރުން އާޖަންޓީނާގެ ސަޕޯރޓަރުންނަށް ހުރިވަރު ދައްކާލައިފިއެވެ.
ރޭގައި ހިތްދަތި ގޮތަކަށް ބުރެޒިލް ކެޓުމުން އާޖަންޓީނާގެ ސަޕޯރޓަރުންވަނީ ބްރެޒިލް ސަޕޯރޓަރުންނަށް އެމީހުންގެ ހުރިވަރު ދައްކާލައިފައެވެ. މިގޮތުން ބުރެޒިލް ބަލިވުމާއި ގުޅިގެން އާޖަންޓީނާގެ ސަޕޯރޓަރުން ވަނީ ސްކްރީން ކުރިމަތީގައި ތިބެ ބުރެޒިލް ސަޕޯރޓަރުންގެ ކުރިމަތީގައި ނަށާ ހަދާފައެވެ.
ރޭގެ މިހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ ސައިއްޓޭ އާއި ރެޑޭ އެވެ. އަދި މިރޭގެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ ބުރެޒިލްގެ ސަޕޯރޓަރުންގެ ތެރެއިން ރަނބޭ އެވެ . މިރޭގެ މެޗު ނިމުމާއި ގުޅިގެން ބުރެޒިލްގެ ސަޕޯރޓަރުން އިސްވެތިބެ ސްޓޭޖުގައިވަނީ ބޮޑުބެރު ޖަހާފައެވެ. އަދި ބައެއް އަންހެންވެރިން ވަނީ އާޖަންޓީނާގެ ސަޕޯރޓަރުންގެ ތެރެއިން އެންމެ ފޯރި ނެގި ސައިއްޓޭ ފުށުން ރަނގަޅަށް ފެންވަރުވާލައިފައެވެ.
މިފަަހަރުގެ ފީފާވޯލްޑް ކަޕްގައި ލަންދޫގެ ގިނަ ބަޔަކު ސަޕޯރޓްކުރަމުން ދިޔަ ބްރެޒިލް އާއި އާޖެންޓީނާވެސް ކަޓައިގެން ދިޔައީ އެވެ. ދެން އޮތީ ސްޕެއިން އެކަންޏެވެ. ވާގޮތް ބަލަން ތިބެމާ ހިގާށެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ