الثلاثاء، 6 يوليو 2010

މިރޭގެ މެޗު ފަސޭހަކަމާއި އެކު ހޮލެންޑުން ކާމިޔާބު ކުރާނެކަމަށް ބެލެވޭ

ލިޔުނީ : މިހާސް














މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ސެމީފައިނަލްގެ ފުރަތަމަ މެޗު ވަރަށް ފަސޭހަކަމާއި އެކު ހޮލެންޑުން ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ.
އެހެނީ ސެމީފައިނަލަށް ދަތުރުކުމަށް އުރުގުއާއިން ކުޅުނު މެޗުގައި އެޓީމްގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށް ރަތްކާޑް ދައްކާފައި ވުމާއި އަދި އެޓީމްގެ މުހިއްމު ދެކުޅުންތެރިއަަށް މިރޭގެ މެޗަށް ނޭރޭ ވަރަށް އެންޖަރީ ވެފައި ވުމެވެ.
ހޮލެންޑަށް ބަލާއިރި ހޮލެންޑް އޮތީ މިފަދަ މެޗަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ދެޓީމްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އުރުގުއާއީގައި މާގިނަ ސްޓާރުންތަކެއް ނެތް ނަމަވެސް ހޮލެންޑްގައި ދުނިޔޭގައި ނަންމަޝްޙޫރު ތަރިންތަކެއް އެބަތިއްބެވެ.
މިހެންކަމާއި އެކު މިފަހަރުގެ ފީފަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗު ވަރަށް ފަސޭހަކަމާއި އެކު ހޮލެންޑުން ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް