މިރޭގެ ބޮޑުމެޗު ކިހިނެތް ވާނެބާ !!!؟
ލިޔުނީ: މިހާސް
ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގެ ބޮޑުމެޗުގައި މިރޭ ދުނިޔޭގެ ފުޓްބޯޅައިގެ މަޝްޙުރު ދެޓީމް ކަމުގައިވާ އާޖެންޓީނާ އާއި ޖަރުމަން ބައްދަލް ކުރާމެޗުގެ ނަތީޖާ ނިކުންނާނީ ކޮންގޮތަކަށް ބާއެވެ.؟ މިއީ ގިނަ ބައެއްގެ ހިތުގައި މިއަދު އުފެދިފައިވާ ވަރަށް ބޮޑު ސުވާލެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެ ފާނު ކަމުގައިވާ ބުރެޒިލް ރޭގައި ކަޓައިގެން ގޮސްފައިވާ އިރު މިރޭގެ މި ބޮޑު މެޗުގެ ނަތީޖާ ނިކުންނާނެ ގޮތެއް ދެކިލުމަށް ގިނަބަޔަކު ވަނީ ކެތްމަދު ވެފައެވެ.
ލަންދޫގައި މިފަހަރުގެ ފީފާވޯލްޑް ކަޕް ފޯރި އެންމެ ވަރުގަދައަށް ނަގަމުން އައީ ބުރެޒިލް އާއި އާޖެންޓީނާގެ ސަޕޯރޓަރުންނެވެ.
ރެއާއި ހިސާބުން ބުރެޒިލް މިވަނީ މި މުބާރަތުން ކަޓައިގެން ގޮސްފައެވެ. މިހެންކަމާއި އެކު މިހާރު މިއޮތީ އާޖެންޓީނާ އެކަންޏެވެ.
މިރޭގެ 7:30 ގައި ފެށުމަށް ހަމަ ޖެހިފައިވާ ކްއާޓަރ ފައިނަލްގެ ބޮޑު މެޗަށް އާޖެންޓީނާގެ ހުރިހާ ސަޕޯރޓަރުން އަނންނަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ. މިގޮތުން ޕާރކް ސަރަހައްދުވަށައިގެން މިހާރުވަނީ ހުދާއި، ނޫކުލައިގެ ފުއްޕާހަން ޖަހާފައެވެ.
މިރޭގެ ބޮޑުމެޗު ކުޅެވެމުންދާއިރު ރޭގައި ކަޓައިގެން ދިޔަ ބުރެޒިލްގެ ސަޕޯރޓަރުން ނިކުންނާނީ އާޖެންޓީނާގެ ސަޕޯރޓަރުންނާއި އިދިކޮޅަށެވެ. މިހެންކަމުން މިރޭގެ ބޮޑުމެޗު ބަލަން ތިބޭ މާހައުލު ވެގެންދާނީ ވަރަށް ފޯރިގަދަ މާހައުލެއްކަމަށް ބެލެވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ