ކައުންޓް ޑައުން ފެށުން
ލިޔުނީ : މިހާސް
ލަންދޫގައި މިފަހަކަށް އައިސް ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ސްކޫލް ބޮޑުބަންދާއި ދިމާކޮށް ބޭއްވޭ " ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް " ކަމުން މިފަހަރު " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގެ ނަމުގައި ބޭއްވޭ ފުޓްބޯޅަ މުބާރާތުގެ ކައުންޓް ޑައުން ފެށޭ ކަމަށް ޓަކައި އުފާކުރަމެވެ.
އަޅުގަނޑުގެ މަޤްޞަދަކީ މިއަދު މިފެށޭ ކައުންޓް ޑައުން އިން ފެށިގެން މި މުބާރާތާއި ބެހޭ ތާޒާ ޙަބަރާއި، މަޢުލޫމާތުތައް ދެފުށް ފެންނަ ފަދަ ގޮތަކަށް ކިއުންތެރިންނާއި ހިސާބަށް ގެނެސް ދިނުމެވެ.
އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަ ގޮތުގައި " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕަކީ " ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " އިން އިސްނަގައިގެން ރާވާ ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތައް ނަން ދެވިފައި މިވަނީ މި މުބަރާތް ސްޕޮންސަރ ކޮށްދައިވާ ފަރާތްތަކާއި ގުޅުވާލައިގެންނެވެ. ލަންދޫ ކުޅިވަރު ސްޓޭޖުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔަތަކާއި އެކު " އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ގެ އެގްރިމަންޓްގައި ސްޕޮންސަރުންގެ ފަރާތުން ސޮއި ކުރެއްވީ ލަންދޫ ބޯޓްގެ ވެރިޔާ ، އަދި މިހާރު ލަންދޫގެ މަޝްޙޫރު ވިޔަފާރި ވެރިއެއްކަމަށްވާ ޝުއައިބު ޢަބުދުﷲ ގެ ދޮށީ ދަރިފުޅު ހަސަން ސައިފް ( ސައިއްޕޭ ) އާއި ލަންދޫގެ ފުޓްބޯޅައަށް ނުހަނު ގިނަގުނަ ހޭދަތަކެއް ކޮށްދެއްވާ ކ.މާލެ ރީދޫމާގޭ އަލްފާޟިލް މުޙައްމަދު ވަސީމް ( ވައްސޭ ) އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މިދެފަރާތާއި އެކު ކުރެވުނު އެގްރިމެންޓްގައިވާ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ކުރިން މި މުބާރާތުގެ ސްޕޮންސަރުންގެ ހައިސިއްޔަތުން ސައިއްޕޭ އާއި ވައްސޭ ހަވާލްކުރަންޖެހޭ ހުރިހާ އެއްޗެއް " ލިޔެސް " އާއި ހަވާލްކުރަންޖެހެއެވެ.
ލިޔެސް – ގެ މިދަޢުރުގެ އެއްނައިބު ރައީސް ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) މަޢުލޫމާތު ދެއްވާ ގޮތުގައި މިއަދާއި ހިސާބަށް މިކަންތައް ފުރިހަމަ ވެފައި ނުވިނަމަވެސް މި ކަންތައް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަލުވި ސޕީޑްގައި ކުރިއަށް އެބަދެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ