ބޯވަ - ވެސް ބުނަނީ ސްޕޭން މޮޅުވާނެކަމަށް
މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުތްބޯޅަ މުބާރާތުގައި ޖާރމަން ކުޅޭ މެޗުތަކުގައި ސްކޯރ ދިމާކުރުމަށް މަޝްޙޫރު ޖަރުމަނުގެ އޮބެހައުންސްގައި ހުންނަ އެކްއޭރިއަމްގައި އޮންނަ ބޯވަ ބުނާ ގޮތުންނަމަ މިރޭ ޖާރމަން އާއި ސްޕޭން ބައްދަލްކުރާ ، މުބާރާތުގެ ސެމީފައިނަލް މެޗު ކާމިޔާބު ކުރާނީ ސްޕޭން އެވެ.
ޕޯލް - ނަމަކަށް ކިޔާ މި ބޯވަ މިހާރު ދުނިޔެއަށް މަޝްޙޫރު ވެފައިވަނީ ޖާރމަން ކުޅޭ މެޗުތައް ކުޅުމުގެ ކުރިން ސްކޯރ ބުނެ ދިމާކުރާ ބޯވައެއްގެ ގޮތުގައެވެ. މިގޮތުން ޖާރމަން ކުޅުނު ހުރިހަ މެޗެއްގެ ސްކޯރ 100 އިންސައްތައިގެ ރެކޯރޑަކާއި އެކު މިބޯވަ ވަނީ ދިމާކޮށްފައެވެ.
މި ބޯވަލައްވާ ނަތީޖާ ހޯދުމަށް ހަދާ ގޮތަކީ ކުޅޭ ދެޓީމްގެ ދިދަ ޖަހާފައިވާ ދެ ފޮށްޓައް ކާއެއްޗެތި އެޅުމަށްފަހު އެ ބޯވަ އޮންނަ ޓޭންކަށް ލުމަށްފަހު އެބޯވަ އެންމެ ފުރަތަމަ އިޙްތިޔާރު ކުރާ ފޮއްޓެއް ބަލަނީ އެވެ.
ސެމީފައިނަލްގައި ސްޕޭން އާއި ޖަރުމަން ބައްދަލްކުރާ މެޗުގެ ނަތީޖާ " ޕޯލް " އޭ ކިއުނު މިބޯވަ ލައްވާ ހޯދުމަށް ކުރެވުނު މަސައްކަތުން ބޯވަ ވަނީ ސްޕޭންގެ ދިދަ ޖަހަފައިވާ ފޮށީގެ މައްޗަށް އަރާފައެވެ.
ޖަރުމަނުގެެ ބައެއް ޓީ.ވީ ޗެނެލްތަކުން ލައިވް ކުރި މި މަންޒަރުތަކުނޖަރުމަނުގެެ ބައެއް ސަޕޯރޓަރުންނަށްވަނީ މިހާރުވެސް މާޔޫސްކަން ލިބިފައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ