އާޒިމްގެ ދެ ހެޓްރިކާ އެކު " ޓައިގާރ " ޓީމް ފައިނަލަށް
ލިޔުނީ : މިހާސް
ލަންދޫގައި އުޅޭ ފުޓްބޯޅަ ކުޅޭ ކުޑަކުދިންގެ މެދުގައި އިސްނަގައިގެން އެކުދިން ރާވާ އިންތިޒާމްކޮށްގެން ކޮންމެހަފަތަބަންދެއްގައި ކުރިއަށް ގެންދެވޭ " ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ " ފައިނަލަށް ލަންދޫގައި މިވަގުތު އަރަމުން އަންނަ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމުގައި ގިނަބަޔަކު ޤަބޫލްކުރާ އަހްމަދު އާޒިމްގެ ދެހެޓްރިކާއި އެކު އެޓީމް ފައިނަލަށް ހިގަންޖެއެވެ.
މިއަދު އާޒިމްގެ ޓީމް ބައްދަލްކޮށްފައިވަނީ އަޒީމްމެންގެ " އެފް.ސީ ސްޓާރ " ޓީމާއެވެ. މި މެޗް ފަސޭހަކަމާއި އެކު 8 ލަނޑު ދެލަނޑުން ކާމިޔާބުކޮށްފައިވަނީ އާޒިމް މެންގެ ޓީމެވެ. މިއަދުގެ މެޗުގައި އެންމެ ރަނގަޅަށް ކުޅެފައިވަނީ އާޒިމްމެންގެ ޓީމްގެ ޝާފިޢު އާއި ޒިހާން އާއި ޝިމާޢު އެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި މާދަމާރޭ ފަތިޙް ބައްދަލްކުރާނީ ސައުދުގެ " ރެޑްބުލް " ޓީމާއި ހަސަން ނިޝާންގެ " ކުލަބު 26 " އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމުގައި ކުދިންގެ މެދުގައި މައްސަލަޖެހި މުބާރާތް ކުރިއަށް ނުގެންދެވޭ ވަރުވުމުން މިހާރު މި މުބާރާތް ކުރިއަށް މި ގެންދެވެނީ ސީދާ މި ބްލޮގް " ލަންދޫ ސޮކަރ . ޓީކޭ " ގެ ބެލުމުގެ ދަށުންނެވެ.
މި ބްލޮގުގެ ފަރާތުން މި މުބާރާތުގެ ކަންތަކާއި ހަވާލުވިފަހުން ކުދިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރު ލުމަކާއި ބައިވެރިވުމެއް ލިބެމުން އަންނަކަން އުފަލާއި އެކު ފާހަގަ ކޮށްލަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ