الثلاثاء، 27 يوليو 2010

މިފަހަރުގެ " 26 މެޗް " ޒުވާނުންގެ ޓީމަށް

ލިޔުނީ: މިހާސް

















މީގެދެއަހަރު ކުރިން އޭރުގެ ލަންދޫ ހެލްތު ޕޯސްޓް އިން އިސްނަގައިގެން މިނިވަން ދުވަހުގެ މުނާޞަބަތުގައި ކުޅެންފެށުނު " 26 މެޗް " ގެ މިއަހަރުގެ މެޗުން ލަންދޫ ޒުވާނުންގެ ޓީމް މޮޅުވެއްޖެއެވެ.
ލަންދޫގައި މިވަގުތު ހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނާއި ، ރަށުގައި މިވަގުތު ތިބި ފުޓްބޯޅަ ކުޅޭ ޒުވާނުންގެ މެދުގައި ކުޅެވުނު މި މެޗޒުވާނުން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.
ވޭތުވެ ދިޔަ އަހަރުގެ " 26 މެޗް " ގައި ދިމާވި " ބޮޑުކަންތައްގަޑު " ހަނދާނުން ފޮހެލުމަށް ނިކުތް ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންޓީމް ދަނޑަށް ނިކުތް އިރުވެސް ނަފްސާނީގޮތުން ވަރަށްބޮޑު ގެއްލުމަކާއި ކުރިމަތިލައިފާވާކަން ފާހަގަ ކޮށްލެވެއެވެ. މެޗްފެށުމުގެ ކުރިން މި މެޗުގައި ކުޅުމަށް ބައެއް ކުޅުންތެރިން ދެކޮޅުހަދާފައިވާކަން ފާހަގަކޮށްލަން ވެސް ޖެހެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ ފަރާތުން މި މެޗަށް ނުކުމެފައިވަނީ ނަފްސާނީގޮތުން ބަލިކަށިވެފައިވާ ނިކަމެތި ޓީމެކެވެ . ޓީމްގައި ހިމެނޭ 5 ކުޅުންތެރިން ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަކީ ޢާއްމުކޮށް ކުޅެން ނުދާ ކުޅުންތެރިންނެވެ.











މި މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައިވަނީ ލަންދޫ ޒުވާނުންގެ ފަރާތުން ނިކުތްޓީމެވެ. މި މެޗުގައި އެންމެ މޮޅަށް ކުޅެފައިވަނީ ޒުވާނުންގެ ޓީމްގެ ޢަބުދުﷲ އަކްރަމް އާއި ، މިޓީމްގެ ޒަހީން ހަސަން އާއި އަދި ހަމަ މިޓީމްގެ އިސްމާޢިލް ޝިމާޒް ( ކައްޓި ) އެވެ. ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައވަނީ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ.
މި މެޗުގައި ލަނޑު ޖަހާފައިވަނީ ޒުވާނުންގެ ޓީމުން މެޗުގެ 11 ވަނަ މިނިޓްގައި ޒަޙީން ހަސަން އާއި މެޗުގެ ފަހުހާފްގެ 15 މިނިޓްގައި ޢަލީ ހާފިޒް އާއި މެޗުގެ ފަހުހާފްގެ 37 ވަނަ މިނިޓްގައި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ހުސެން ޖަވާދުއެވެ.
މި މެޗުގައި ކުރިން ރެފްރީކަން ކުރަން ހަމަޖެހިފައިވާ ނ.މާޅެންދޫ ސްކޫލްގެ ލީޑިންގ ޓީޗަރ ޔޫސުފް އާދަމް ( މާޅެންދޫ ޔޫސޭ ) ގެ ބަދަލްގައި ރެފްރީކަން ކުރީ މިރަށަށް އުފަން މިވަގުތު މާޅެންދޫގައި ދިރިއުޅެމުން ގެންދާ ޢަލީ މޫސާ އެވެ.
ވޭތުވެދިޔަ އަހަރާއި ޚިލާފަށް މިއަހަރުގެ މެޗް ނިމިގެންގޮސްފައިވަނީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އަމާން އޮމާން މާހައުލެއްގައެވެ.









rދެ ޓީމްގެ މެދުގައި ހަނދިޔާ ބަދަލް ކުރުމުން ފެށުނު މިމެޗު ނިމުމުން ހެލްތު ސެންޓަރުގައި މަސައްކަތް ކުރައްވާ ފިރިހެން މުއައްޒަފުން ތައްޔާރު ކުރައްވާފައިވާ " 26 މެޗް " ގެ ޓްރޮފީ ޒުވާނުންގެ ޓީމާއި ހަވާލްކޮށްދެއްވީ މިއަދު ލަންދޫގައި ފެށިގެން ކުރިއަށް މިދާ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެން ހުންނެވި މަނަދޫ ޕޮލިސް އިނިސްޕެކްޓަރ އަހްމަދު އާތިފް އެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް