އެންމެފަހުން ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދެވެން ފަށައިފި
ލިޔުނީ : މިހާސް
ލަންދޫ އަކީ ފުޓްބޯޅައަށް ލޯބިކުރާރައްޔިތަކު ދިރިއުޅޭ ރަށަކަށްވާއިރު މި ދުވަސް ވަރަކީ ފުޓްބޯޅައިގެ ޢީދެއް އައިސްގެން އުޅޭފަދަ ދުވަސް ކޮޅެކެވެ . ޚާއްޞަކޮށް ކުޑަކުދިންނަށެވެ. މިގޮތުން މިހާރު ލަންދޫ ސްކޫލްގެ ގްރޭޑް – 5 ން ދަށުގެ ކުދިންނަށް ޚާއްޞަ ކުރެވިގެން ބޭއްވޭ " ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތް " އާއި 6 ން މަތީގެ ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް ފާހަގަ ކޮށްލެވެއެވެ.
މީގެ ތެރެއިން " ތުއްތު ކުދިންގެފުޓްބޯޅަ މުބާރާތް " ވަރަށް ފުރިހަމައަށް ބަރާބަރަށް ކުރިއަށް ދިއަނަމަވެސް " ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް " އޮތީ މިއަދާއި ހިސާބަށް ބޮޑުމައްސަލަ ގަޑެއްގެ ތެރޭގައެވެ. ނަމަވެސް މި ބްލޮގުން އިސްނަގައިގެން ކުރެވުނު މަސައްކަތުން މިއަދު މިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވި މުބާރާތް ކުރިއަށް ގެންދަށް ފެށިފައެވެ.
މިގޮތުން މިހާރު މިކުދިންގެ މުބާރާތުގެ ރެފްރީންގެ ކަންތައް ހަމަޖައްސާނީ " ލަންދޫ ސޮކަރ.ޓީކޭ " ގެފަރާތުންނެވެ. އަދި މިނޫނަސް މިކުދިން އެދުނު ކޮންމެކަމެއް މި ބްލޮގުން ކޮށްދިނުމަށް އޮތީ ތައްޔާރަށެވެ. މިކުދިން އިސްނަގައިގެން މިކުދިންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކުރުމަށް އެކުރާ މަސައްކަތައް މި ބްލޮގުން އަބަދުވެސް މަރުޙަބާކިޔާއެހީތެރިކަން ފޯރުކޮށްދެވޭތޯ ބަލާނަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ