މިއަހަރުގެ " 26 މެޗް " ގެ ރެފްރީކަން ކުރާނީ މާޅެންދޫ ޔޫސޭ
ލިޔުނީ : މިހާސް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރަށުގައި ހުރި ސަރުކާރު މުޢައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނާއި ލަންދޫ ޒުވާނުންގެ ދެމެދުގައި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގެ ރެފްރީކަން ކުރައްވާނީ އަޅުގަނޑުމެންގެ އަވަށްޓެރި މާޅެންދޫ ސްކޫލްގެ ލީޑިންގ ޓީޗަރ ޔޫސުފް އާދަމް ( ޔޫސޭ ) އެވެ.
ދާދިފަހުން މަނަދޫގައި ބޭއްވުނު ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ފުރިހަމަ ކުރައްވާފައިވާ ޔޫސޭ އަންނަނީ ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރަމުން މިރޮގުން އިތުރު ކުރިއެރުންތައް ހާސިލް ކުރަމުންނެވެ.
މިއަދު ކުޅެން ހަމަޖެހިފައިވާ " 26 މެޗް " ގަ އާއި އަދި މިއަދު ހެދުނު ފެށިގެން ކުރިއަށްދާ " ވަންޑޭކަޕް " ވޮލީ މުބާރާތުގެ ރެފްރީކަން ކުރުމަށްޓަކައި ޔޫސޭ މިހާރު ހުރީ ލަންދޫގައެވެ.
ވޭތުވެ ދިޔައަހަރުގެ " 26 މެޗުގައި ހިގާދިޔަ ބޮޑު ހާދިސާ އާއި ގުޅިގެން މި މެޗުގައި ރެފްރީކަން ކުރުމަށް ރަށުގެ ރެފްރީންވަނީ ދެކޮޅު ހަދާފައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ