الأحد، 25 يوليو 2010

ފޯރިގަދަ ކުޅުމަކަށްފަހު ރިފާޙްގެ ހިތްގައިމު ގޯލާއެކު " ބްލެކްޓީމް " ފައިނަލަށް

ލިޔުނީ : މިހާސް
މިހާރު ފެށިގެން ކުރިއަށްދާ ތުއްތުކުދިންގެ ފުޓްބޯޅަ މުބާރާތުގެ އިއްޔެގެ މެޗުގައި ފޯރިގަދަ ، ވާދަވެރި ކުޅުމަކަށްފަހު ގްރޭޑް – 2 ގެ ދަރިވަރު ރިފާޙްގެ ހިތްގައިމް ގޯލަކާއި އެކު " ބްލެކްޓީމް " މޮޅުވެ ފައިނަލަށް ހިގަންޖެއެވެ.
ލަންދޫގައިތިބި ތުއްތު ކުދިންގެ ކިބައިގައި ހުރި ، ފުޓްބޯޅައިގެ ހުނަރުތައް ދެނެގަނެ އެކުދިންނަށް ފުޓްބޯޅައިން އިތުރަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލައި، އުފާވެރި މާޙައުލެއްގައި ހުރިހާކުދިން އެތަނަކުން ބައްދަލްކޮށްލުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދީ، ކުދިންގެ ކިޔެވުމާއި އުޅުމާއި، ގުޅުން އިސްލާޙްކޮށް ދީނީ ކަންތައްތައް ކުރުވުމަށް ބޮޑަށް ބާރު އެޅުވުމުގެ މަޤްޞަދުގައި ބޭއްވޭ މި މުބާރާތުގެ އިއްޔެގެ މެޗުގައި ބައްދަލްކޮށްފައިވަނީ " ބުލޫޓީމް " އާއި " ބްލެކްޓީމް " އެވެ.
މެޗުފެށިގެން މޮޅަށް ކުޅެފައިވަނީ " ބްލެކްޓީމް " ނަމަވެސް ފުރަތަމަ ގޯލްޖަހާފައިވަނީ " ބްލޫޓީމް " އިންނެވެ. މިގޯލަކީ " ބްލެކްޓީމް " ގެ އައްފާނު ފައިގައި ޖެހިފައި ބައިކޮޅަށް ވައްގޯލެލެކެވެ. މިލަނޑުޖަހާ މާގިނައިރުތަކެއް ނުވަނީސް " ބްލެކްޓީމް " ގެ ކެޕްޓަން އަމީން ލަނޑެއް ޖަހާ ހަމަހަމަ ކޮށްދީފައިވަނިކޮށް " ބްލެކްޓީމް " އިން އެޓީމްގެ ދެވަނަ ލަނޑު އެޓީމަށް ޖަހާދިނީ ގްރޭޑް – 3 ގެ އަރުމީލް އެވެ. އަރުމީލް މިލަނޑުޖަހާ މާގިނައިރުތަކެއް ނުވަނީސް " ބްލޫޓީމް " އިން އެޓީމްގެ 2 ވަނަ ލަނޑު ލިބުނު ކޯނަރަކުން ޖަހއިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ގްރޭޑް – 5 ގެ ޝާހިރު އެވެ.
މިނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް " ބްލެކްޓީމް " އިން އެޓީމް މޮޅުކޮށްދިން ލަނޑު ލިބުނު ހުސްފުރުޞަތެއްގައި ކީޕަރވެސް ކަޓުވާލުމަށްފަހި ހިތްގައިމުގޮތަކަށް ކާމިޔަބުކޮށްދިނީ ގްރޭޑް - 2 ގެ ދަރިވަރު ރިފާޙް އެވެ.
އިއްޔެގެ މެޗުގައި ގޯލްޖެހި ގިނަކުޅުންތެރިންނަކީ އެކުދިންގެ ހަޔާތުގައި މިހާތަނަށް މުބަރާތެއްގައި ފުރަތަމަ ގޯލް ޖެހި ކުޅުންތެރިންނެވެ. އިއްޔެގެ މެޗަށްފަހު ގޯލްޖެހި ކުޅުންތެރިންނާއި އަދި އެކުދިންގެ ބެލެނިވެރިންވެސްވަނީ މިކަންތައް ފާހަގަކޮށްފައެވެ.
މި މުބާރާތުގެ ފައިނަލްމެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހު ހަވީރު 4:30 ގައެވެ. މި މެޗުގައި ބައްދަލްކުރާނީ އެއްވެސް މެޗަކުން ބަލިނުވެ މި މުބާރާތުގެ ފައިނަލަށް ގޮސްފައިވާ " ގްރީންޓީމް " އާއި އިއްޔެ މޮޅުވި " ބްލެކް ޓީމް " އެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް