السبت، 24 يوليو 2010

ކުޑަކުދިންގެ މުބާރާތެއް ފެށުމާއިއެކު ބޮޑު ހަމަ ނުޖެހުމަކާއި ހިސާބަށް

ލިޔުނީ: މިހާސް


ލަންދޫ ސްކޫލްގައި ކިޔަވަމުންގެންދާ މަތީ ގްރޭޑްތަކުގެ ކުދިން އިސްނަގައިގެން ބޭއްވޭ ފުޓްބޯޅަ މުބާރާތެއް މިދިޔަ ހޮނި ހިރު ދުވަހުގުރޭ ފަތިހު ފެށިއްޖެއެވެ.
އެންމެފަހުން ސްކޫލުން ނިންމާ ، ވަކިވި ބައެއް ދަރިވަރުންނާއި ފުޓްބޯޅަ ކުޅުމަށް ޝަޢުޤްވެރިވާ ބައެއް ޅަ ޒުވާންކުދިންވެސް ބައިވެރި ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބަރާތުގައި ވާދަކުރަނީ 4 ޓީމަކުންނެވެ. މި 4 ޓީމްގައި އެންމެ ކުޑަކުއްޖެއްގެ ގޮތުގައިވެސް ހިމެނެނީ ލަންދޫ ސްކޫލްގެ ގްރޭޑް – 5 ން މަތީގެ ކުއްޖެކެވެ.
މި މުބާރާތުގެ ފުރަތަމަ ދެ މެޗް ނިމުނު އިރު ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭފަދަ ހަމަނުޖެހުންތަކެއް ހިގާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަ ނުޖެހުމަކީ މެޗުގައި ރެފްރީކަން ކުރާފަރާތްތަކާއި މެދު އުފެދިގެން އުޅޭ ހަމަ ނުޖެހުން ތަކެކެވެ. މި މުބާރާތުގައި ރެފްރީކަން ކުރަމުން ގެންދަނީ މިކުދިންގެ ތެރެއިން ކަޑައަޅާ ކުދިންތަކެކެވެ.
ރަށުގައި ޒުވާނުންގެ މެދުގައި ބޭއްވޭ ގިނަ މުބާރާތް ތަކަކުންނާއި މެޗް ތަކަކުން މިފަދަ މަންޒަރު ތަކެއް ފެންނަމުން ގޮސް އެންމެފަހުން ލަންދޫގެ މުސަތަޤްބަލް ކަމުގައިވާ ކުޑަކުދިން އިސްނަގައިގެން އެކުދިން ބާއްވާ މި ފަދަ މުބާރާތަކުންވެސް މި ކަންތައް ފެންނަން ފެށީތީ ނިހާޔަތައް ހިތާމަ ކުރަމެވެ.
ކުދިންގެ މެދުގައި ޖެހިގެން މިއުޅޭ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ރޯލް އަދާކޮށް ކުޑަކުދިންގެ މި މުބާރާތް ކުރިއަށް ގެންގޮސް ނިންމާލެވޭ ފަދަ މާހައުލެއް އެކުދިންގެ މެދުގައި ޤާއިމް ކުރެވޭތޯ މި ބްލޮގްގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ.
އަޅުގަނޑު ޤަބޫލް ކުރާގޮތުގައި މިފަދަ ކަންތައްތަކަށް ދާޢިމީ ހައްލެއް އަންނާނީ އަޅުގަނޑުމެން ޒުވާނުންގެ ތެރޭގައި ނަގާކިޔަންތިބި ފަރާތްތަކުން މުސްތަޤްބަލްގައި އަންނަށް އޮތްޖީލަށް ރަނގަޅު ނަމޫނާއެއް ދެއްކިގެންނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް