މެއްޑޯގެ 100 ވަނަ ލަނޑާއި އެކު " ފުރަތަމަ ސެންޗަރީ " ގެ އުފާ ބޮޑިބަތުން ފާހަގަ ކޮށްފި
ލިޔުނީ : މިހާސް
ލަންދޫގެ ތާރީޙްގައި ކުޅުންތެރިއަކު އެކުޅުންތެރިއަކު އަމިއްލައަށް ޖަހާލަނޑު ގުނަމުންގޮސް 100 ވަނަ ލަނޑު ޖަހާ ފުރަތަމަ ސެންޗަރީ ހަދާ އެކަމުގެ އުފާ ފާޅުކުރުން މިއަދު ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ބާއްވައިފިއެވެ.
ލަންދޫގައި ފުޓްބޯޅައިން އެކުޅުންތެރިއެއްގެ އަމިއްލަ ތާރީޙް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ ނ.ލަންދޫ އޮއިވަރު އަލްފާޟިލް ސަލީމް ޙުސެއިން ( މެއްޑޯ ) އޭނާގެ 100 ވަނަ ލަނޑު ޖެހުމަށްޓަކައި މިއަދު ހަވީރު ލަންދޫގެ ފުޓްބޯޅަ ދަނޑަށް ނިކުމެފައިވަނީ މިއަދަށް ޚާއްޞަ ކުރެވިފައިވާ ޖޯޒީ އަކާއި އެކުގައެވެ.
މިއަދުގެ މެޗަށް ދެޓީމް ބެހިގެންވެސް ދިޔައީ " މެއްޑޯގެ ބޮޑިބަތައް " ކަމުން މެޗު ވެގެން ދިޔައީ ވަރަށް ފޯރިގަދަ ވާދަވެރި މެޗަކަށެވެ. މެޗު ފެށުމުގެ ކުރިން މެއްޑޯއަށް ލަނޑެއް ނުޖެހޭނޭ ބުނި ކަމުގައި ވިޔަސް މިއަދުގެ މެޗު ފެށި މާގިނަ އިރެއް ނުވަނީސް ވަރަށް ހިތްގައިމު ގޮތަކަށް ލަނޑެއް ޖަހާ މެއްޑޯވަނީ އޭނާގެ 100 ވަނަ ލަނޑު ޖަހާ ފުރަތަމަ " ސެންޗަރީ " ހަދާފައެވެ.
އަލްފާޟިލް ސަލީމް ހުސެއިން ( މެއްޑޯ / އެފް.ބަލަކް ) ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައަށް ނުހަނު ޝައުޤު ހުންނަ ފުޓްބޯޅަ ކުޅޭހިތްވާ އަދި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެންމެ ކުޑަ އިރުވެސް ފުޓްބޯޅަކުޅުމަށް ޝައުޤްހުންނަ މެއްޑޯ ފާހަގަ ކުރެވިފައިވަނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ ރަނގަޅުކަންތައްތައް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވަވާ ބޭފުޅެއްގެ ގޮތުގައެވެ.
މިހާރު މުޅިދުނިޔެއަށް މަޝްޙޫރު އިރޭސިވިލާތުގެ ޗެލްސީއަށް ސަޕޯރޓްކުރައްވާ، ޤުރުބާންވެލައްވަވާ މެއްޑޯގެ އެންމެ މަޤްބޫލްކުޅުންތެރިޔަކީ މެއްޑޯއަށް ފުޓްބޯޅަ ދަނޑުގައި ވަނަމަކަށް ބޭނުންކުރެވޭ ނަން ( އެފް.ސީ ބަލަކް ) ނިސްބަތް ވެގެންވާ ޖާރމަންގެ ކެޕްޓަން މައިކަލް ބަލަކް އެވެ.
ކުޅެންދާ ކޮންމެ ދުވަހަކުވެސް ޖެހޭ ގޯލްތަކުގެ ރެކޯރޑްސްތައް އަމިއްލައަށް ބަލަހައްޓަވަމުން ގެންދަވާ މެއްޑޯ މިއަދު ފާހަގަ ކުރެވިފަިވަނީ ފުޓްބޯޅަ ދަނޑުމަތީގައި ނުހަނު ގަދަ ހިތްވަރާއި އެކު މަސައްކަތް ކުރާ ބިރުކުޑަ އަދި ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ދަނޑުމަތީގައި ރުޅިއަންނަން ނޭގޭ މެއްޑޯއަކީ މިފަހަކަށް އައިސް ލަންދޫއިން ބޭރު ރަށްރަށުގައި ބޭއްވުނު ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެނޭޖަރުކަމާއި އަދި އޮފިޝަލްކަން ކޮށްދެއްވާފައިވާ ފުޓްބޯޅައިގެ ބޭފުޅެކެވެ.
މެއްޑޯ ގެ ސަތޭކަވަނަ ލަނޑާއި އެކު މިއަދު ކުޅެންދިޔަ ހުރިހާ ކުޅުންތެރިންނަށް ބޮޑިބަތް ދީ އަޅުގަނޑުމެން އެދުނު ފަދައިން މެއްޑޯގެ 100 ވަނަ ގޯލް އާއި އެކު މެއްޑޯ އަމިއްލައަށް ބަލަކް ގެ ކުރިއަށް ލައިިފައިވާ " އެފް.ސީ " ގެ ހަޤީގީ މާނަ ( ކުއްޅަވައް ފަނި ) އޮޅުން ފިލުވައި ދެއްވި ކަމަށް ޓަކައި މި ބްލޮގުގެ ފަރާތުން މެއްޑޯއަށް މަރުޙަބާ ކިޔާ ޝްކުރު ދަންނަވަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ