ގިނަދުވަސް ތަކަކަށްފަހު އައްޔަ އާއި އައްކުބެގެ ކުޅުން ފެންނަނީ
ލިޔުނީ: މިހާސް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނާއި، ލަންދޫ ޒުވާނުންނާއި ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ގައި ގިނަ ދުވަސްތަކަކަށްފަހު ލަންދޫގައި އުފެދުނު އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ އަލީ ދާއޫދު ( އައްޔަ ) އާއި ކުރީގެ މަޝްޙޫރު ކުޅުންތެރިޔާ އިކްރާމް އަބޫބަކުރު ( އައްކުބެ ) ގެ ކުޅުން ފެނިގެން ދާނެއެވެ.
މިދެކުޅުންތެރިންނަކީ ވެސް މިއަދު ލަންދޫ ކޯޓްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ދެ މުއައްޒަފުން ނެވެ.
މިދެކުޅުންތެރިންގެ އިތުރަށް މިފަހަރުގެ 26 މެޗުގައި ފެނިގެންދާނެ ކުޅުންތެރިންގެ ތެރޭގައި ހެލްތު ސެންޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިސްމާއިލް އިބުރާހިމް ( އިއްސޭ ) އާއި މުޙައްމަދު ޢަބުދުއް ނާޞިރު ( މޯޑް ) އާއި ލަންދޫ ސްކޫލުން މުހައްމަދު އިބްރާޙިމް ( މޯޑް ) ފާހަގަ ކޮށްލެވެއެވެ.
މިނިވަން ދުވަހުގެ މުނާޞަބަތާއި ގުޅުވާލެވިގެން 2008 ވަނަ އަހަރު ، އޭރުގެ ލަންދޫ ހެލްތުޕޯސްޓް އިން އިސްނަގައިގެން ސަރުކާރުގެ މުއައްޒަފުންނާޢި ލަންދޫ ޒުވާނުންނާ ދެމެދުގައި ކުޅެން ފެށުނު 26 ގެ މެޗު ވެގެން ގޮސްފައިވަނީ ލަންދޫގައި ކޮންމެ އަހަރަކުވެސް ކުޅެވޭ އެންމެ މުޙިއްމު އެންމެ އޮގަނައިޒިން އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މެޗުކަމުގައެވެ. މިއަހަރުގެ މެޗަކީވެސް ކާމިޔާބު މެޗަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ