الاثنين، 19 يوليو 2010

ތާރީޙީ " 26 މެޗް " ގެ ޙަޤީގީ ބާނީން

ލިޔުނީ : މިހާސް















ލަންދޫގައި މިހާތަނަށް ކުޅެވުނު އެންމެ އިންތިޒާމް ރަނގަޅު ، އެންމެ ބަރާބަރު ފުޓްބޯޅަ މެޗެއްގެ ގޮތުގައި މިހާތަނަށް ގިނަ ބަޔަކު ދެކެނީ 2008 ވަނަ އަހަރުގެ ޖުލައި 26 ގައި ލަންދޫގައި މަސައްކަތް ކުރައްވާސަރުކާރު މުއައްޒަފުންނާއި ، ރަށުގައި ފުޓްބޯޅަ ކުޅޭ ޒުވާނުންނާއި ދެމެދު ކުޅެވުނު ތާރީޙީ ފުޓްބޯޅަ މެޗެވެ.
މި މެޗު ކުޅެވިގެން ދިޔައީ ނ.ލަންދޫ ގުލަބަކާގޭ އަލްފާޟިލް އިބްރާޙިމް ދާއޫދު ( ޑޭވިޑް ) އިސްވެ ހުންނަވައިގެން އޭރުގެ ހެލްތު ޕޯސްޓްގައި މަސައްކަތް ކުރެއްވި ފިރިހެން ބޭފުޅުން ތައްޔާރު ކުރެއްވި ޓްރޮފީ އަކަށެވެ.
މިހެން ކަމާއި އެކު 2008 ވަނަ އަހަރުގެ ޖުލައި 26 ން ފެށިގެން ކޮންމެ އަހަރެއްގެ މިދުވަހު ކުޅެވެމުން މިދާ ތާރީޙީ ފުޓްބޯޅަ މެޗުގެ ޙަޤީގީ ބާނީންނަކީ ނ.ލަންދޫ ގުލަބަކާގޭ އަލްފާޟިލް އިބްރާޙިމް ދާއޫދު ( ޑޭވިޑް ) އާއި ނ.ލަންދޫ ރިލެކްސް އަލްފާޟިލް އަބުދުﷲ ޝިޔާމް ( ސީޓޭ ) އާއި ނ.ލަންދޫ ނޫރަންގޭ އަލްފާޟިލް މުޙައްމަދު ނާޞިރު ( މޯޑް ) އާއި ނ.ލަންދޫ ޝަނަމް އަލްފާޟިލް އިސްމާޢިލް އިބްރާޙިމް ( އިއްސޭ ) ކަމާއި މެދު ކުޑަވެސް ޝައްކެއް ނެތެވެ.
ލަންދޫ ފުޓްބޯޅައިގެ ތާރީޙީ " 26 މެޗް " ވުޖޫދަށް ގެނައުމުގައި ނ.ލަންދޫ ހެލްތު ޕޯސްޓްގައި 2008 ގައި މަސައްކަތް ކުރެއްވި މި ބޭފުޅުންކޮޅު މި ކުރެއްވި ބުރަ ބޮޑު މަސައްކަތް ފާހަގަކޮށް ވަރަށް އިޙްލާސްތެރި ކަމާއި އެކު މިފަރާތްތަކަށް ޝްކުރު ދަންނަވަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް