ސަލާމް އާއި އައިމަން ގެ މޮޅުކުޅުމާއި އެކު " ގްރީން ޓީމް " ފައިނަލަށް
ލިޔުނީ : މިހާސް
މިހާރު ލަންދޫގައި ކުރިއަށްދާ ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތުގައި މިއަދުކުޅެވުނު މެޗު ސަލާމް އާއި އައިމަން ގެ މޮޅުކުޅުމާއި އެކު " ގްރީން ޓީމް " މޮޅުވެ މުބާރާތުގެ ފައިނަލަށް ހިގަންޖެއެވެ.
ލަންދޫ ސްކޫލްގެ ގްރޭޑް 5 ން ދަށުގެ ކުދިންނަށް އަމާޒްކުރެވިގެން ކުރިއަށް ގެންދެވޭ މި މުބާރާތުގައި މިހާތަނަށް 2 މެޗު ކުޅެފައިވާއިރު މި ދެމެޗުންވަނީ ވަރަށް ހުނަރުވެރި އުއްމީދީ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައެވެ.
މިގޮތުން މިއަދުގެ މެޗުގައާއި އަދި މި މުބާރާތުގެ ފުރަތަމަ މެޗުގައި މޮޅުކުޅުމެއް ދެއްކި ގްރޭޑް 3 ގެ ދަރިވަރުން ކަމުގައިވާ ސަލާމް އާއި އައިމަން ފާހަގަ ކޮށްލެވެއެވެ.
މިއަދު ކުޅެވުނު " ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތް 2010 " ގައި " ގްރީން ޓީމް " އާއި ދެކޮޅަށް ނިކުމެފައިވަނީ " ބުލެކް ޓީމް " އެވެ. 2 ލަނޑު 1 ލަނޑުން " ގްރީންޓީމް " މޮޅުވި މިއަދުގެ މެޗުގައި " ބްލެކްޓީމް " އިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ގްރޭޑް 5 ގެ ދަރިވަރު އަމީން އާއި ގްރޭޑް 3 ގެ އަރުމީލް އާއި ގްރޭޑް 2 ގެ ޝާނިފް އެވެ.
ލަންދޫގައިތިބި ތުއްތު ކުދިންގެ ކިބައިގައި ހުރި ، ފުޓްބޯޅައިގެ ހުނަރުތައް ދެނެގަނެ އެކުދިންނަށް ފުޓްބޯޅައިން އިތުރަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލައި، އުފާވެރި މާޙައުލެއްގައި ހުރިހާކުދިން އެތަނަކުން ބައްދަލްކޮށްލުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދީ، ކުދިންގެ ކިޔެވުމާއި އުޅުމާއި، ގުޅުން އިސްލާޙްކޮށް ދީނީ ކަންތައްތައް ކުރުވުމަށް ބޮޑަށް ބާރު އެޅުވުމުގެ މަޤްޞަދުގައި ބޭއްވޭ މި މުބާރާތުގެ މިއަދުގެ މެޗުގައި " ގްރީން ޓީމް " އަށް ލަނޑު ޖަހައިދީފައިވަނީ ގްރޭޑް 5 ގެ ސިއްފާން އާއި ގްރޭޑް 3 ގެ ސަލާމް އެވެ. މިއަދުގެ މެޗުގައި " ބްލެކްޓީމް " އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ގްރޭޑް – 3 ގެ އަރުމީލް އެވެ.
މި މުބާރާތުގެ ފައިނަލްގެ ކުރިން ކުޅެވޭ އެންމެފަހު މެޗުގައި މިއަންނަ ހުކުރު ދުވަހު ބައްދަލް ކުރާނީ ފުރަތަމަ މެޗުން " ގްރީންޓީމް " އަތުން ބަލިވި " ބުލޫޓީމް " އާއި މިއަދު ބަލިވި " ބްލެކްޓީމް " އެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ