މިއަހަރުގެ 26 މެޗު މުޢައްސަސާތަކުގެ ކޮޅަށް ފަހިވެފައި
ލިޔުނީ: މިހާސް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނާއި، ލަންދޫ ޒުވާނުންނާއި ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު މިފަހަރު މިވަނީ ވަރަށްބޮޑަށް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުން ކޮޅަށް ބުރަވެފައެވެ.
މިވަގުތު ރަށުގައިތިބި ފުޓްބޯޅަ ކުޅޭ ގިނަ ކުޅުންތެރިންނަކީ ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކެވެ.
މީގެ ތެރޭގައި މިފަހަކަށް އައިސް ލަންދޫގައި އުފެދުނު އެންމެމޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ މަޝްޙޫރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް އާއި ، ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅުކުޅުން ތެރިޔާގެ މަޤާމަށް ވާދަކުރި ހުނަރުވެރި ކުޅުންތެރިން ކަމަށްވާ ހުސެންޖަވާދު ( ޖަވާ ) އާއި އަޙްމަދު ރަޝީދު ( ލައިބު ) އާއި ރަށުގެ މަޝްޙޫރު ދެފޯވާރޑުން ކަމަށްވާ ޝިނާން ޢަބުދުލް ޤަނީ ( ސިންނޭ ) އާއި ޢަބުދުﷲ ޝިޔާމް ( ސީޓޭ ) އާއި މިއަދުވެސް ލަންދޫގެ ދަނޑުގައި ޢާދަޔާ ޚިލާފް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ އަޅުގަނޑުމެންގެ ޒުވާން ކައުންސިލަރ ތަޖުރިބާ ކާރު މިޑްފީލްޑަރ މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އާއި ލަންދޫގައި މިހާތަނަށް އުފެދުނު އެންމެމޮޅު އެއްޑިފެންޑަރ ކަމަށް ގިނަބަޔަކު ޤަބޫލް ކުރާ ޢަލީ ދާއޫދު ( އައްޔަ ) އާއި އަދި މިފަދަ މެޗުތަކުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިސްމާޢިލް އިބުރާޙިމް ( އިއްސޭ ) އާއި ޢަބުދުﷲ ސާމީ ( ސާމީ ) އާއި ޚާލިދު އަބޫބަކުރު ( ހާޑެ ) ހިމެނެއެވެ.
މިއަހަރުގެ 26 މެޗު އަންނަށް ކުޑަތަން ވެފައިވާ އިރު ރަށުގެ ޒުވާނުންގެ ތެރޭގައި މިވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ރަށުގައި ތިބީ އިސްމާޢިލް ޝިމާޒް ( ކައްޓި ) އާއި މުޙައްމަދު އަޙްމަދު ( މާމަ މޯޑް ) އާއި މުޙައްމަދު އިރުޝާދު ( ރެޑޭ ) އާއި އަޙްމަދު ޝަކީލް ( ސައްކޭ ) އާއި ހަސަން މާހިރު ( މާޓިން ) އާއި އަދި ބައެއް އެހެން ކުޅުންތެރިންނެވެ.
ހުރިހާގޮތަކުން ބެލިނަމަވެސް ވޭތުވެ ދިޔަ ދެއަހަރަށްވުރެ މިއަހަރުގެ 26 މެޗު ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ ކޮޅަށް ބުރަވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ