الجمعة، 9 يوليو 2010

ތުއްތުކުދިންގެ ފުޓްބޯޅަ މުބާރާތް މާދަމާ ފެށޭނެ

ލިޔުނީ : މިހާސް













ލަންދޫ ސްކޫލްގެ ގްރޭޑް 5 ން ދަށުގެ ކުދިންނަށް އަމާޒްކުރެވިގެން ބޭއްވޭ ފުޓްބޯޅަ މުބާރާތެއް މާދަމާ ފެށޭނެއެވެ.
ލަންދޫ ޒުވާނުންނާއި ގުޅިގެން ލަންދޫ ޒުވާނުންގެ އެހީތެރި ކަމާއި އެކު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ތުއްތު ކުދިންގެ ކިބައިގައި ހުރި ، ފުޓްބޯޅައިގެ ހުނަރުތައް ދެނެގަނެ އެކުދިންނަށް ފުޓްބޯޅައިން އިތުރަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލައި، އުފާވެރި މާޙައުލެއްގައި ހުރިހާކުދިން އެތަނަކުން ބައްދަލްކޮށްލުމުގެ ފުރުޞަތު އެކުދިންނަށް ހޯދައި ދިނުމެވެ.
ހަމަ އެހެންމެ މި މުބާރާތާއި ގުޅުވާލައިގެން ކުދިންގެ ކިޔެވުމާއި އުޅުމާއި، ގުޅުން އިސްލާޙްކޮށް ދީނީ ކަންތައްތައް ކުރުވުމަށް ބޮޑަށް ބާރު އެޅުވުމެވެ.
މި ގްރޭޑްތަކުގައި ކިޔަވާ ކުދިންނަކީ އަދި މިހާތަނަށް ފުޓްބޯޅައިގެ ރޮގުން މާބޮޑު ފުރުޞަތު ތަކެއް ލިބިފައި ނުވާ ކުދިންތަކެއްކަމުން މާދަމާ މިފެށޭ މުބާރާތް ވެގެންދާނީ އެކުދިންނަށް މުޅިން އާތަޖުރިބާ އަކަށެވެ.
އަޅުގަނޑަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މިގްރޭޑްތަކުގައި ކިޔަވާކުދިންނަކީ ފުޓްބޯޅައިގެ މަޢުލޫމާތު ވަރަށް މުއްސަދި ފުޓްބޯޅައިގެ ޝައުޤުހުރި ކުދި ބައެކެވެ.
ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލަށްޓަކައި މިފެށޭ މުޙިއްމު މަސައްކަތައް ހުރިހާ ފަރާތްތަކެއްގެވެސް ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބޭނެކަމަށް އުއްމީދުކުރަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް